ޖީބުން ފައިސާ ދައްކަންޖެހޭ ހާލަތްތަކުގައި އާސަންދަ ލިބޭނެ: އެންސްޕާ

"ކޭޝްލެސް ހިދުމަތް ހުއްޓާލުމުގެ ސަބަބުން ކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕޮލިސީން ކަވަރޭޖު ނުލިބި އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދައިން ކަަވަރޭޖު ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ،"
އަމިއްލަ ޖީބުން ސިއްހީ ހިދުމަތް ހޯދުމަށް ފައިސާ ދައްކަންޖެހޭ ހުރިހާ ހާލަތެއްގައިވެސް އާސަންދަ ލިބޭނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފި އެވެ. 
އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަން ދިނުމަށް ފާއިތުވި ހުކުރު ދުވަހު އާސަންދައިން ނިންމައި، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ހިދުމަތް ދޭނީ އެ އިންޝުއަރެންސް މެދުވެރިކޮށްކަން އިއުލާނުކުރި އެވެ. 
އެއާއެކު އިންޝުއަރެންސް ހިދުމަތްދޭ ބައެއް ކުންފުނިތަކުންވަނީ އެ ކުންފުނިތަކުން ފޯރުކޮށްދޭ ކޭޭޝްލެސް ހިދުމަތް ހުއްޓާލައި، ހިދުމަތަށް އަމިއްލަ އަތުން އަގު ދެއްކުމަށްފަހު ބިލުކުރަންޖެހޭ ގޮތަށް އެ ކުންފުނިތަކުގެ ހިދުމަތް ބަދަލުކޮށްފަ އެވެ. 
އެއާއެކު އިއްޔެއިން ފެށިގެން އަމިއްލަ ހޮސްޕިޓާތަކުން އަންނަނީ މުޅި ހިދުމަތަށް ފައިސާ ނަގަމުންނެވެ. އެކަމާމެދު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ. 
މިއަދު އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ސަބަބަކާހުރެ ޕްރައިވެޓް އިންޝުއަރެންސް މެދުވެރިކޮށް ހިދުމަތް ނުލިބި އަތުން ފައިސާ ދައްކަންޖެހޭނަމަ އާސަންދަ މެދުވެރިކޮށް އެ ހިދުމަތެއް ލިބެންޖެހޭނެ ކަމަށެވެ.
އަދި އަމިއްލަ ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ދިނުން ހުއްޓައިލި ނަމަވެސް އަމިއްލަ ޖީބުން ފައިސާ ދައްކަންނުޖެހި އާސަންދަ މެދުވެރިކޮށް ހިދުމަތް ލިބޭނެ ކަމުގައި އެންސްޕާއިން ބުނެފައިވެ އެވެ. 
"ކޭޝްލެސް ހިދުމަތް ހުއްޓާލުމުގެ ސަބަބުން ކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕޮލިސީން ކަވަރޭޖު ނުލިބި އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދައިން ކަަވަރޭޖު ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ،" އެންސްޕާއިން ބުންޏެވެ. 
އެންސްޕާއިން ބުނީ މި ބަދަލާއެކު ބައެއް ފަރާތްތަކުން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ، އެ ބަދަލާ ގުޅޭ ސައްހަ މައުލޫމާތު އާސަންދަ ހޮޓްލައިން 1400 މެދުވެރިކޮށް ފޯރުކޮށްދެމުންދާ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ