ފަސްހާސް ރައްޔިތުންގެ އާބާދީއެއް އޮތް އައްޑޫސިޓީ މަރަދޫގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ގާއިމް ކުރައްވާފައިވާ ސިއްޙީ މަރުކަޒަކީ މަރަދޫގެ ރައްޔިތުންނަށް ދިމާވާ ސިއްޙީ ކޮންމެ ކަމެއްގައި އެންމެ އަވަސްފަރުވާ ފޯރުކޮށްދޭ މަރުކަޒެވެ. އެތަނުގައި ޚިދުމަތްދެމުންދަނީ ފަރުވާ ދިނުމުގައި ހާލުބޮޑު ބަލިމީހުން ސިޓީގައި ގާއިމްވެފައިވާ ސަރަހައްދީ ހޮސްޕިޓަލާއި ހަމަޔަށް ފޯރަންދެންވެސް އެބައެއްގެ ޚިދުމަތް ހުއްޓުމެއްނެތި ދެމުންދާ، އޯގާތެރި ޚިދުމަތްތެރިންތަކެކެވެ. އެނދުމަތި ކޮށްފައިވާ ބަލިމީހުންނާއި ގޭގެއަށް ޒިޔާރަތްކޮށްގެން ބަލަހައްޓަމުންދާ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މިތަނަކީ ބޭސްފަރުވާގެ ޚިދުމަތް ދިނުމުގައި ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދާފައިވާ ތަނެކެވެ.
މަރަދޫގެ ކޮންމެ ޢާއިލާއެއްގެ ދުޅަހެޔޮ ކަމާ ގުޅިފައިވާ މި މަރުކަޒުގެ ބެލެނިވެރި ފަރާތަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލެވެ. އާ ސަރުކާރާއެކު ތަނަށް ބޮޑެތި ބަދަލުތަކެއް ގެނައިކަމުގައިވިޔަސް އަދި މިވަގުތާ ހަމަޔަށްވެސް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު އެކުލަވާލާފައިވާ ކަމެއް އެނގިފައެއް ނެތެވެ. އެހެންކަމުން ހޮސްޕިޓަލާއި އެހޮސްޕިޓަލުގެ ދަށުން ހިންގާ ހުރިހާ މުވައްސަސާތަކަކީ ހެލްތް މިނިސްޓްރީގެ ދަށުގައިވާ ތަންތަނެވެ. އެތަންތަނުގައިތިބީ ސިވިލްސާވިސްގެ މުވައްޒަފުންނެވެ.
މައްސަލައިގެ ފެށުން
ވެރިކަން ބަދަލުވުމަށްފަހު އެހެން މުވައްސަސާތަކެކޭ އެއްފަދައިން މަރަދޫ ސިއްޙީ މަރުކަޒުގެ ހިންގުންވެސް ސިޔާސީ ފަރާތަކާ ޙަވާލުކުރެވުނެވެ. މަރުކަޒު ހިންގުމާ ޙަވާލުވެލެއްވީ ޕީއެންސީގެ އިސްސަފުގައި ހުންނެވި އިބްރާހިމް މުފީދެވެ. އަލަށް ވެރިކަމަށް އަންނަ ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ހިތްޕުޅާވާ ބަދަލުތަކެއް ގެންނަވަން އެދޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. މިމޭރުމުން މުފީދުވެސް ބަދަލުތައް ގެންނެވިއެވެ. އެގޮތުން އެޅުއްވި އެއް ފިޔަވަޅަކީ ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު މުވާސަލާތުކުރުމަށާއި ސިވިލް ސަރވިސްގެ ގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން، ސެންޓަރުގައި، ހިންގުމުގެ މަސްއޫލިއްޔަތު އުފުލުމުގެ ޒިންމާ ހަވާލުކުރެވޭ އެންމެ އިސް މުވައްޒަފު ގެ ގޮތުގައި ކަނޑައަޅާފައިވާ “ޒިންމާދާރު ވެރިޔާ ” ބަދަލުކުރުމެވެ. އޭރު އެމަގާމުގައި ހުންނެވީ ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަތާ 23 އަހަރުވީ މުހައްމަދު ޝިޔާޒްއެވެ.
“ޝިޔާޒް އެމަގާމުން ވަކިކުރީ މަގާމުގެ ނުފޫޒާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން . ޝިޔާޒު މަސްއޫލިއްޔަތުން ދުރުކުރަން ޖެހޭ އެއްވެސް ސަބަބެއް މިހާތަނަށްވެސް ދެއްކިފައެއްނެތް. ” ނަން ނުޖަހަން ޝަރުޠުކޮށް އޭއޯނިއުސްއާއި ވާހަކަ ދެއްކި މަރަދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ “ޝިޔާޒް ވަކި ކުރީ އެމަގާމް ބޭނުންވާ އެހެން މުވައްޒަފަކު އަޑީގައި ހުރެގެން ދެއްކި ބަހަނާތަކަކަށް ހެއްލިގެން ކަމަށާއި ޝިޔާޒް އަކީ މަގާމްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރި ހިންގުންތެރި ވެރިއެއް” ކަމަށެވެ.
“އެމުވައްޒަފު އެކަމަށް ކުފޫ ހަމަނުވާތީ އެމަގާމެއް ނުވެސް ލިބުނު. ދެން ޖެހުނީ ތަޖުރިބާ އަމުދުން ނުވެސް ނެތް މުވައްޒަފަކަށް މަގާމް ދޭން. ” އެމީހާ ކިޔައިދިނެވެ.
މިކުރު މުއްދަތުގެ ތެރޭ ޒީވީގެ މަގާމް 3 ފަހަރަށް ބަދަލު ކުރިނަމަވެސް އެސެންޓަރުގެ ހީވާގި މުވައްޒަފުންގެ މަތިން އަރާ އިހާނެތި ކަމެއް ހިންގާކަށް އެއިން އެއްވެސް ފަރާތަކުން ޖާގަ ތަނަވަސްކޮށެއް ނުދެއެވެ. ސަބަބަކަށްވީ މަރަދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުން ގެ ކިބައިގައި މަގާމުގެ ޒިންމާ އަދާކުރުން ފިޔަވައި އެހެން އެއްވެސް އެދުމެއްނެތީމައެވެ. އެއީ އެއްބައިވަންތަ ގުޅިގެން މަސައްކަތްކުރަން ދަންނަ ހީވާގި މުވައްޒަފުންނަށް ވީތީއެވެ. އެހެންނަމަވެސް ގާބިލް ޒީވީއެއް އެތަނުން އެކަހެރި ކުރިފަހުން ކަންކަން ބޮއްސުންލާން ފަށާފައިވާކަމަށް ގިނަ މުވައްޒަފުން އެއްބަސްވެއެވެ.
ބައިބައިވުން އުފެދުން
ވޭތުވެ ދިޔަ އަހަރުތަކުގައި މަރަދޫ ސިއްޙީ މަރުކަޒަކީ ވަރަށް އެކުވެރި މުވައްޒަފުންތަކެއް އުޅެމުން އައި ތަނެއްކަމަށް މަރަދޫގެ ގިނަ ރައްޔިތުން ބުނެއެވެ. އެތަނުގެ ފޭސްބުކްޕޭޖް އެކަނި ބަލާލިއަސް މިކަމުގެ ތެދުކަން ހާމަވާނެއެވެ. އަހަރުތެރޭ ދިމާވާ ދުވަސްތަކާއި ޚާއްސަ ޙަފްލާތަކުގެ އިތުރުން ރަށުގައި ހިންގޭ އިޖްތިމާޢީ ކަންކަމުގައިވެސް އެމަރުކަޒުގެ މުވައްޒަފުން ޢަމަލީގޮތުން ބައިވެރިވާތަން ފެނިފައިވެއެވެ. އަޙްމަދު ނިޝާން، އިޙްތިޝާމް ނަޖީބް، ޢަބްދުﷲ ޠައްޔިބުފަދަ ބޭބޭފުޅުން މީގެކުރިން މަރަދޫ ސިއްޙީ މަރުކަޒު ހިންގުމާ ޙަވާލުވެ ތިއްބެވި އިރުވެސް ވަނީ ތަނުގެ މަސްލަހަތާއި ހަމަޖެހުމާއި ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކޮށްފައެވެ. މިހާރުވެސް ތިބީ އޭރުވެސް ތިބި މުވައްޒަފުންނެވެ.
މުވައްޒަފެއްގެ އީމެއިލް ލީކުކޮށްލުން
މަރަދޫ ސިއްޙީ މަރުކަޒާ އަލަށް ގުޅުނު މުވައްޒަފަކަށް ސިއްޙީ މަރުކަޒުގެ މުވައްޒަފުން ގަނާކުރިކަމުގެ ތުހުމަތާއެކު ނިމިގެން މިދިޔަ ހަފްތާ ވެގެންދިޔައީ މުޅި މީސްމީޑިއާ އެވާހަކައަކުން ފުރުނު ވާހަކައެއްގެ ފެށުމަށެވެ. އެއާގުޅިގެން ހިނގި ޙާދިސާތަކުގެ ވާހަކަ ދައްކާ ކޮޅުން ނުލާހާ ގިނަވިއެވެ. އިންޒާރުތަކެވެ. ބިރު ދެއްކުމެވެ. ތަނުގެ މުވައްޒަފުން “ދެގަނޑެތި ބާލާ ” އުޅުމަށްވުރެވެސް ލަދުހުތުރު ވާހަކަތައް މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ނިސްބަތްކޮށް ދިޔައީ އާންމު ކުރަމުންނެވެ. މިއީ ރައްޔިތުންގެ ލޯތްބާއި ޤަދަރު ލިބިގެން ޚިދުމަތް ދެމުންދާ ތަނަކާމެދު މަރަދޫގެ ރައްޔިތުން އެއްގޮތަކަށްވެސް ދެކެން ބޭނުންވި ދުވަހެއްނޫނެވެ.
އެސިޓީ ގައިވާގޮތުން އެމުވައްޒަފަށް އެކިފަހަރުމަތިން ފުރައްސާރަކޮށް ޒާތީކަންކަމާބެހި ގޯނާ ކޮށްފައިވެއެވެ. އެނގިފައިވާ ގޮތުގައި މިމައްސަލަ ފެންމަތިވުމާއެކު އެކަމާގުޅުންހުރި މުވައްޒަފުން ހާޒިރުކޮށް ހިންގި ތަޙުގީގަކަށްފަހު ވަނީ ނަސޭހަތްދީ މައްސަލަ ފައިލްވެސް ކޮށްފައެވެ. އެމުވައްޒަފުގެ މެއިލްއަކީ އެގޮތުން މަޢުލޫމާތަށްޓަކައި ފައިލްކުރުމަށް ހޯދުނު ލިއުމެކެވެ. އެހެންކަމުން ލީކުކޮށްލި މެއިލް ގައި އެވަނީ ތަހުގީގު ނިމިފައިވާ ކަމެއްގެ ވާހަކައެކެވެ.
މުވައްޒަފުންގެ ސިޓީއާއި ފުލުހުންގެ ޙިމާޔަތް
ކޮންމެއަކަސް އޮފީހުގައި ހިނގަމުންދާ ނޭއްގާނީ ކަންތައްތަކާއެކު މުވައްޒަފުންނާ ވެރިޔާ ވަކިވަކިން ބައްދަލު ކުރަން އެދިލެއްވިއެވެ. ނަމަވެސް ގިނަ މުވައްޒަފުން ބޭނުންވީ ހުރިހާ މުވައްޒަފުންނާ އެއްފަހަރާ ބައްދަލުކުރުމަށްކަމުން އެކަންވެސްވީ ނާކާމިޔާބެވެ. އެއާއެކު ތަނުގައި ހިނގަމުންދާ ކަންތައްތައް މަރުކަޒުގެ ބެލެނިވެރިފަރާތަށް އަންގައިދީ މަސައްކަތްކުރަން އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުމަށް އެދި އޭއީއެޗްއަށް އެޑްރެސްކޮށް މުވައްޒަފުން ގުޅިގެން ވަނީ ސިޓީއެއް ލިޔެފައެވެ. މިކަމުގެ މަޢުލޫމާތު ވެރިޔާއަށް އެނގުމުން ކަންތައް ދެންހިނގީ އެންމެ ގޯހުން ގޯހަށެވެ. ނުނިމިހުރި މަސައްކަތްތަކަށާއި އެކިކަންކަމުގައި އޮފީހުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން ވަގުތުން ވަގުތަށް އޮފީހުން ނުކުތުމުގެ އަމުރު އައިސްފިއެވެ. އިދިކޮޅުގައި ތިބި މުވައްޒަފުން ވެރިޔާގެ އެއެންގުމަށް ބޮލެއް ނުލެނބިއެވެ. އެމުވައްޒަފުން ބުނަމުން ދިޔައީ އެމުވައްޒަފުން އޮފީހުގައި ތިބީ ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ކަމުގައެވެ. އެހާހިސާބުން އޮފީހުއެތެރޭގައި އިންޒާރު ދިނުމާ ހަޅޭއްފަޅޭކުގެ އަޑުގަދަވެ އިސާހިތަކު ރަށު ރައްޔިތު އެންމެން އެއްވެއްޖެ އެވެ. އެހަމަނުޖެހުން މައިތިރިވީ ފުލުހުންގެ ވެސް އެހީތެރި ކަމާއެކުއެވެ.
ކަނޑާލަންޖެހޭ 19 މުވައްޒަފެއްގެ މަޢުލޫމާތު ޢާންމުކުރުން
މިހިސާބުންވެސް މަރަދޫ ސިއްޙީ މަރުކަޒުގެ މައްސަލަތަކަށް ޙައްލެއް ނާދެއެވެ. އިތުރަށް ވިއްޔާ ވީ ގޯހެވެ. މީސްމީޑިއާ ގައި ދިޔައީ އެކަކު އަނެކަކަށް ނޮޅާކަމުންނެވެ. ވަކިކުރަންޖެހޭ 19 މުވައްޒަފުންގެ ވަނަވަރާއި ޒާތީ މަޢުލޫމާތާއެކު ލީކުކޮށްލާފައިވާއިރު މިއީ ކަނޑައެޅިގެން މުވައްޒަފުންނަށް ބިރުދެއްކުމުގެ ޢަމަލެއްކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން އާއިލާތައް ބައިބައިވެއްޖެއެވެ. މުވައްޒަފުންގެ ޙާލު ވަކިން ބޮޑެވެ. އިންޒާރުތަކާއި ބިރު ދެއްކުމާއި ވަޒީފާ ގެއްލުމުގެ ބިރުވެރިކަމުގައި އެމުވައްޒަފުން އެވަނީ ތާށިވެ ގޮތް ހުސްވެފައެވެ. މުޅި އިދާރާ އޮތީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ގޮސް ނިމިފައެވެ.
މަރަދޫއަކީ އައްޑޫސިޓީގެ އެހެން އަވަށް ތަކާއި ޚިލާފަށް އަބަދުވެސް އެކުވެރި ރައްޔިތެއް ދިރިއުޅޭ ތަނެކެވެ. މަރަދޫ ސިއްޙީ މަރުކަޒުގައި މިއަދު ހިނގަމުންދާ ކަންތައް ތަކުގެ އަސަރު ރައްޔިތު އެންމެންނަށްވެސް ވަނީކޮށްފައެވެ.
“އަޅުގަނޑުމެން ދުވަހަކުވެސް ދެކެން ބޭނުންވި ދުވަހެއްނޫން މިއީ. މިކަމުގެ ސަބަބުން މަރަދޫ މިއޮތީ ބައިބައިވެ ފަޟީޙަތްވެފައި” މަރަދޫގެ ރައްޔިތެއް
ތެދެކެވެ. ދައްކަން ނުވާ ވާހަކަތައްވެސް ހާމަކޮށް ސޯޝަލް މީޑިއާ ހިތުހުރި ގޮތަކަށް ބޭނުންކުރުމުގެ ނަތީޖާ އަކީ ޒަމާނުއްސުރެ އިޖްތިމާޢީ ފޯރީގައި އުޅުނު މަރަދޫގެ ރައްޔިތުން ނަށް ހުތުރު އަރާފަދަ އެތައްވާހަކައެއް ޢާންމު ވުމެވެ.
ޙައްލަކީ ކޮބާ މަރަދޫ ސިއްޙީ މަރުކަޒުގައި ހިނގަމުންދާ ކަންތައް ތަކަކީ ޙައްލު ކުރަން އުނދަގޫ ކަންތަކެއް ނޫނެވެ. ތަނުގެ ބެލެނިވެރި ފަރާތުން މިކަމަށް އަވަސް ޙައްލެއް ހޯއްދަވައިދޭންވީއެވެ. އޭއީއެޗްއާއި ސިވިލްސާވިސް އާއި ހެލްތް މިނިސްޓްރީގެ ދައުރު މިކަމުގައި އަވަސްވާން ޖެހިފައިވެއެވެ. ސިއްޙީ ޚިދުމަތުގެ މުއައްސަސާއެއް އައިސީޔޫގައި އޮތުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ގޮތެއް ނޫނެވެ.
މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ މަގުބޫލު ލިޔުންތައް ލެގަސީ އަންހެން ޖިމް އިން ކަނބަލުންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި ލޭނެއް މަދުވާނަމަ އެ ލޭން ދިރުވާލީ ރައީސް ޔާމީން – އެމް.ޕީ އާޒިމް އުއްމީދާއި ދީލަތިކަމުގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ