ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކަށް ދައުވާކޮށްފި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކަށް ދައުވާކޮށްފި

ދަރިވަރުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރަކަށް މަސައްކަތްކުރި މ. ކޮޅުފުށި، ސާދާގެ، ޝުއައިބު އަބްދުﷲ ގެ މައްޗަށް ދައުވާ ކުރުމަށް މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ މ. އަތޮޅު މަދަރުސާގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއް ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވާ ކަމަށެވެ.
ޕީޖީން ތުހުމަތުކުރާ ގޮތުގައި މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވާދޭ ދެ ކުއްޖެއް ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ، އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފަ އެވެ.
ޝުއައިބުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާއެކު އޭނާގެ މައްޗަށް ޕީޖީން އުފުލީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާގެ އިތުރުން ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ އެއް ދައުވާ އެވެ.
މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 60 އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ