ރައީސް ނަޝީދު ކުޅުދުއްފުޓަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ފައްޔާޒު އިސްމާއިލް ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ރަށުގެ ގިނަ ރައްޔިތުން އެބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް ނަޝީދު ކުޅުދުއްފުށީ އެއާޕޯޓަށް ފައިބައިވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއާޕޯޓަށް ޖަމާވެފައެވެ.
President Nasheed and Fayyaz Ismail arrives Kulhudhuhfushi ???? pic.twitter.com/2d0rlqdacM— Luke (@lucasjalyl) April 22, 2026
ރައީސް ނަޝީދަން މިއަދު ކުޅުދުއްފުށީ އެއާޕޯޓުން މަރުހަބާ ދަންނަވަނީ--ފޮޓޯ: އެމްޑީޕީ
މި ދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ތާއީދު ހޯއްދެވުމަށާއި، ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީ ހިންގުމާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ނަޝީދު ވަނީ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަނީ ޕާޓީ ވަރުގަދަކޮށް، ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ގައުމަށް ގެނައުމަށް ކަމަށް ވިދާޅުވެފައެވެ.
ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގެ އެމްޑީޕީ ހަރުގެތަކަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، ދޮރުން ދޮރަށް ހިންގަވައި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، ޕާޓީގެ އިސް އެކްޓިވިސްޓުންނާ އެކު ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ