ފުުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 5.5 ބިލިއަން ރުފިޔާ

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ދިޔުމާއި، އަދި މި ކުއާޓަރގައި ބަންކަރިން ހިމެނޭ ގޮތަށް ކުންފުނިން ވިއްކި ތެލުގެ އަދަދު 27 ޕަސެންޓް އިތުރުވުމާއި އަދި ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެ، އާމްދަނީ އިތުރުވުން ކަމަށެވެ.
އެގޮތުން އާމްދަނީ އިތުރުވުމާއެކު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާ އިރު 17 ޕަސެންޓްގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނީ ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް، ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރާ އަޅާބަޅާ އިރު 14 ޕަސެންޠް އިތުރުވެ، 368 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯގެ ފުރަތަމަ ކުއާޓަރުުހެ މާލީ ހިސާބުތަކުން ދައްކަ އެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 276 މިލިޔަން ރުފިޔާ ލިބިފައެވެ.
އެސްޓީއޯ އަކީ ފުޅާ ދާއިރާއެއްގައި ތަފާތު ގިނަ ވިޔަފާރިތަކެއް ހިންގަމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ