ބާސެލޯނާ (މާޗް 28) - ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި ބާސެލޯނާގެ ތަރި، ރަފީނިއާ މަހަކަށް ވުރެން ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ފްރާންސް އަތުން 2-1 އިން ބްރެޒިލް ބަލިވި މެޗުގައި ރަފީނިއާ، 29، އަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާގެ ތަފްސީލް ދެނެގަންނަން ބްރެޒިލާއި ބާސެލޯނާގެ މެޑިކަލް ޓީމުން ނިންމައި، ހެދި ޓެސްޓްތަކަށް ފަހު އެނގިފައިވަނީ، މަދުވެގެން ފަސް ހަފްތާ އެ އަނިޔާއިން ރިކަވާވާންނަގާނެ ކަމެވެ. މާނަ އަކީ ރަފީނިއާ އަށް ކުރިއަށް އޮތް މަހެއްހާ ދުވަހު ބާސެލޯނާ އާއި ބްރެޒިލްގެ މެޗެއްގައި ނުކުޅެވުމެވެ.
ސްޕެނިޝް ލީގުގެ އެއް ވަަނައިގައި އޮތް ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ވެސް ވާދަކުރަމުން އަންނައިރު، ރަފީނިއާ އަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ އިން އެތުލެޓިކޯ މެޑްރިޑާ ކުޅޭ ދެ މެޗާއި ސެމީ ފައިނަލަށް ގޮސްފިނަމަ އެ ދެ މެޗު ވެސް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އަދި، މީގެ އިތުރުން ސްޕެނިޝް ލީގުގެ ހަތަރު މެޗު ވަރު ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
ފީފާ ކްލަބް ޕްރޮޓެކްޝަން ޕްރޮގްރާމްގެ އުސޫލުތަކުގައިވާ ގޮތުން، ގައުމީ ޓީމަށް ކުޅެނިކޮށް ކުޅުންތެރިއަކު އަނިޔާވެ، 28 ދުވަހަށް ވުރެން ދިގު މުއްދަތަކަށް އަނިޔާވެއްޖެނަމަ، އިންޖަރީގައި ހޭދަކުރާ މުއްދަތަށް ފީފާ އިން މާލީ ބަދަލެއް ދޭނެ އެވެ.
ކުރިން ލީޑްސް ޔުނައިޓެޑްގައި ވެސް މޮޅު ކުުޅުމެއް ދެއްކި ރަފީނިއާ ވަނީ މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެދިން 31 މެޗުން 19 ލަނޑު ޖަހައި، އަށް ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ރަފީނިއާ މަހަކަށް ވުރެން ގިނަ ދުވަހަަށް ކުޅުމާ ދުރަށް ރަފީނިއާ މަހަކަށް ވުރެން ގިނަ ދުވަހަަށް ކުޅުމާ ދުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ