ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރި ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކޯޓުން ދޫކޮށްލާފައި ތިއްބައި، ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީ އެ ދެ މީހުން ރޭ އަލުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މީހުން ޑިސެމްބަރު 2024ގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ފުވައްމުލަކުގައި ކުރިއަށްގެން ދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެއީ:
ހަސަން އާޒިމް، 30، ޒަމާނީގެ/ފުވައްމުލައް
އަހުމަދު ނިއުޝާދު، 35، ކަރަންކާވިލާ/ފުވައްމުލައް
މި މައްސަލާގައި މި ދެ މީހުން ހައްޔަރުކުރުމަށް ފަހު ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، އެ މީހުން ދޫކޮށްލަން ހައި ކޯޓުން ޖެނުއަރީ 2025ގައި ވަނީ އަމުރުކޮށްފަ އެވެ.
ތަފްސީލް - "[އެ ދެ މީހުންގެ] މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، މި ދެ މީހުން ވަނީ 30 މާޗު 2026 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެެ އެވެ.
އެނގުން މުހިންމު - ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ތިން ދައުވާއެއްކޮށްފައިވެ އެވެ. އެއީ:
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ
މީގެ އިތުރުން، ޕީޖީ އޮފީހުން ވަނީ މި މުއާމަލާތުން އެ މީހުން ހޯދާފައިވާ ފައިސާގެ ތެރެއިން 1.1 މިލިއަން ރުފިޔާ އާއި އެ ވިޔަފާރީގެ ފައިސާއިން ހޯދާފައިވާ ބައެއް ތަކެތި ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައި
ގުޅުން ހުރި ކަމެއް - މި ޑްރަގް ނެޓްވޯކުގެ ވިޔަފާރިން ހޯދި 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެންގުޅުނު މީހަކު 75 އަހަރަށް ޖަލަށް ލުމަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ހުކުމްކޮށްފަ އެވެ.
ފުވައްމުލައް ޑްރަގު ނެޓުވޯކުގެ ބޮޑުން އަލުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ