ތިނަދޫގެ އިތުރު 50 މަގެއްގައި ތާރު އަޅަނީ
ގދ. ތިނަދޫ ސިޓީގެ އިތުރު މަގުތަކުގައި ތާރުއަޅަން، 341 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.ޒަމާނީ ފެންވަރަށް ތިނަދޫގެ މަގުތައް ބަދަލުކުރުމަށް، ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން، އެކި ވަރަށް އެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.އާރުޑީސީއާ އެކު މިއަދު ސޮއި ކުރީ އެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ އެއްބަސްވުމުގަ އެވެ. މި މަޝްރޫއުގެ ދަށުން ތިނަދޫގެ އިތުރު 50 މަގެއްގައި ތާރު އަޅާނެ އެވެ.ތިނަދޫގެ މަގު ހަދަން ހަވާލުކުރީ ހަތަރު އަހަރުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ