މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެ ކައިރިން އަލިފާން ރޯވީ މަސްވެރިކަން ކުރާ އުޅަނދެއްގައިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 14:54 ހާއިރު، ހިނގި މި ހާދިސާގައި އަލިފާން ރޯވީ ކުރުނބާ ކައިރިން ދަތުރުކުރި ދޯންޏެއްގައި ކަމަށެވެ. ފުލުހުން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ރޯވެފައިވަނީ ދޯނީގެ އިންޖީނު ރޫމާ ދިމާލުގައެވެ.
ދޯނީގައި އަލިފާން ރޯވެފައި.. ފޮޓޯ: ފުލުހުން
ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އެ ދޯނީގައި 15 މީހުން ތިބި ކަމަށެވެ. އަނިޔާ ލިބުނު މީހުން ކުރުނބާ ރިސޯޓްގެ އުޅަނދެއްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
އިތުރު ތަފްސީލް އަންނަނީ..
އަލިފާން ރޯވީ މަސްދޯންޏެއްގައި, އަނިޔާވި މީހުން މާލެ ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ