"ކޭމްބްރިޖް އައިއެފްއޭ" އިން އިންތިޒާމުކޮށްގެން ދޭ ބައިނަލްއަގުވާމީ ހެޔޮވެރިކަމުގެ ސުލްހައިގެ މި އަހަރުގެ އެވޯޑު، ނުވަތަ 3ޖީ ޕީސް އެވޯޑު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ލިބިވަޑައިގެންފިއެވެ.
ގްލޯބަލް ގުޑް ގަވަނަންސް އެވޯޑްސް (ތްރީ ޖީ އެވޯޑްސް) އަކީ އިޖުތިމާޢީ ދުޅަހެޔޮކަމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ދެފުށް ފެންނަ ހެޔޮވެރިކަމަށް މަސައްކަތްކުރާ ފަރުދުންނާއި، ސަރުކާރުތަކާއި، މުއައްސަސާތަކުގެ އިތުރުން އެންޖީއޯތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ޝަރަފުވެރި އެވޯޑެކެވެ.
ކުރީގެ ރައީސް ވަހީދަށް އެރުވި އެވޯޑް ދިނުމުގެ ހަފްލާ ބޭއްވީ، ސިންގަޕޫރުގެ ފޯސީޒަންސް ހޮޓަލުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައިއެވެ. މި ރަސްމިއްޔާތުގައި، ވަހީދުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ގިނަ ފަރާތްތަކަށް ގޫޑް ގަވަނަންސްގެ ދާއިރާއިން އެވޯޑްތައް ދީފައިވެއެވެ.
ކުރީގެ ރައީސް ވަހީދަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ