މިފްކޯއިން ބުނީ ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް ބަންދުކުރުމުގެ އަމަލީ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތަކުގެ ތެރެއިން، ރާއްޖޭގެ ދެކުނާއި އުތުރުގެ މައި ޕޯޓުތަކުގައި މިހާރުވެސް ބައެއް ކޭސްތައް ވަނީ ގުދަން ކުރެވިފައެވެ. އެގޮތުން އައްޑޫ ހިތަދޫ ޕޯޓާއި ހދ. ކުޅުދުއްފުށި ޕޯޓުގައި 3،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް މިހާރު ރައްކާކޮށްފައިވާ ކަމަށް މިފްކޯއިން މައުލޫމާތު ދިނެވެ.
ކޮންމެ ރޯދަ މަހަކު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ދަށުން ސަރުކާރުން ފަށާފައިވާ މުހިންމު ކަމެކެވެ. ނިމިދިޔަ އަހަރުގެ ރޯދަ މަހު ވެސް ސަރުކާރުން ވަނީ މި ސިޔާސަތުގެ ދަށުން ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފައެވެ.
މިދިޔަ އަހަރު ސަރުކާރުން ހަދިޔާކުރި މިންވަރަށް ބަލާއިރު، ޖުމްލަ 111،231 މަސްދަޅު ކޭސް ވަނީ ބަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުގެ ގޭބިސީތަކަށް ދޫކުރި 50،519 ކޭހާއި އަތޮޅުތަކުގެ ރަށްރަށުގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ.
ފެނިގެން މިއެނީ ހައުދަހައި އުފާވެރި މަންޒަރަކޭ މަގުބޫލު ލިޔުންތައް ޕަވާ އަވާ ސްޓޫޑިއޯގެ ބޮޑު ޗެލެންޖު: ބަރުދަން ލުއިކޮށްގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު! ތައިލެންޑުގައި އުފައްދާ 3 ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނި, ސަމާލުވުމަށް އެދިއްޖެ! ހިތަދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ