މަޖިލީހުގެ ރައީސް ތުރުކީވިލާތަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރާގޮތުގައި، މަޖިލީހުގެ ރައީސްގެ މިދަތުރުފުޅަކީ، އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފޅެކެވެ.
މިދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އިތުރުން، ޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު އާއި ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އަލީ އާއި ހުޅުދޫ ދާއިރާ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދު އަދި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޛާކިރު ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ