އައްޑޫ 'ސުކޫޕް' ގޭންގެއް ކަމަށް ކަނޑައެޅުމުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

އައްޑޫ ހިތަދޫގައި 'ސްކޫޕު' ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.
ވީކިހިނެއް؟ - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހައި ކޯޓަށް މި މައްސަލަ ހުށަހެޅީ މިދިޔަ 15 ޖެނުއަރީގަ އެވެ.
ތަފްސީލް - މި މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީކުރިކަން ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް މި މަހުގެ ރަޖިސްޓްރީ ކޯޓުން އަދި އަދާހަމަނުކުރާތީ އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ޕީޖީ އޮފީހުން ހައި ކޯޓުގައި އެދިފައިވަނީ:
ސްކޫޕު ގްރޫޕަކީ ގޭންގެެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ 9 މީހަކު އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް 
އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ 'އެސް ކޭ ޕީ ސްޕޯޓްސް ކްލަބް' އުވާލުމަށް ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރުކޮށްދިނުމަށް
'ސްކޫޕު' އަދި 'ސްކޫޕު ކަންމަތި'ގެ އިތުރުން 'އެސްކީޕީ' ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް
މިއީ މިދިޔަ އޮގަސްޓް މަހު އަމަލުކުރަން ފެށި 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'ގެ ދަށުން ވަކި ގްރޫޕެއް އެއީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ