ރާއްޖޭގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ބަނގްލަދޭޝް ޓީމަށް އެމެރިކާ ދަރިކޮޅުގެ ދެ ކުޅުންތެރިން ހިމެނުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ގައުމުން ބުނެފި އެވެ.
އެންމެ ފަހުން ޓީމާ ކުޅުނު ދެ ކުޅުންތެރިންނަކީ ރޮނަން ސުލިވަން އާއި ޑެކްލަން ސުލިވަން އެވެ. ބަނގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މި ދެ ކުޅުންތެރިން ބަނގްލަދޭޝް އަށް ކުޅުމުގެ ހުއްދަ ލިބުނީ އެ މީހުންގެ މައިފުށުން ކަމަށެވެ.
"އެ ދެ ކުޅުންތެރިންނަކީ ވަރަށް ފެންވަރު ރަނގަޅު ދެ ކުޅުންތެރިން. އެ މީހުން އައީ ރަނގަޅު ލީގުތަކެއްގައި ވެސް ކުޅުމަށްފަހު. އެހެންވީމާ މިއީ ޓީމަށް އިތުރު ހިތްވަރަކަށް ވާނެ. އެ މީހުންނާއެކު އަހަރުމެން ޓީމު އިތުރަށް ވަރުގަދަ ވާނެ،" ޓީމުގެ ކޮންސަލްޓަންޓް އަދި ކޯޗު މާކް އެޑްވަންޑް ކޯޒް ބުންޏެވެ.
މިއާއެކު މި މުބާރާތުގައި ވާދަ ކުރާ ބަނގްލަދޭޝް ޓީމުގައި އެހެން ގައުމުތަކުގައި ކުޅޭ ތިން ކުޅުންތެރިން ހިމެނޭނެނެ އެވެ. މީގެ ތެރޭގައި ދެން ހިމެނެނީ އިނގިރޭސިވިލާތުގައި ކުޅޭ އިބްރާހީމް ނަވާޒެވެ.
ބަނގްލަދޭޝް ޓީމުގައި އިސްކޮށް ހުންނަނީ އިނގިރޭސި ކޯޗު މާކް އެޑްވަޑް ކޯޒާއެކު އެންމެ ފަހުގެ ރަނަރަބް ޓީމު މާލެ އައީ ހޮނިހިރު ދުވަހު ހެނދުނު އެވެ. ބަނގްލަދޭޝްގެ ކުޅިވަރާ ބެހޭ ވުޒާގެ ސްޓޭޓް މިނިސްޓަރު ވަނީ މި ޓީމާއި އެ ގައުމުގެ 20 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމާ ހުކުރު ދުވަހު ބައްދަލުކޮށް ހިތްވަރު ދެއްވައިފަ އެވެ.
މުބާރާތުގައި ބަންގަލްދޭޝް ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއެކު ގްރޫޕް ބީގަ އެވެ. އޭ ގްރޫޕުގައި ހިމެނެނީ ދިވެހިރާއްޖެ އާއި ނޭޕާލާއި ސްރީލަންކާ އާއި ބޫޓާނެވެ.
މުބާރާތުގައި ބަނގްލަދޭޝް ފުރަތަމަ ނުކުންނާނީ އަންގާރަ ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ. އިންޑީޔާއާ ދެކޮޅަށް ކުޅޭނީ މާޗު 28ގަ އެވެ.
އެމެރިކާ ދަރިކޮޅުގެ ދެ ކުޅުންތެރިން އައުމަކީ ކުރިއެރުމެއް: ބަނގްލަދޭޝް ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ