އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވުމުން އޭނާ ރާއްޖެ ގެންނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ހަތް ހާހަށްވުރެ ގިނަ ދިވެހީން ވަނީ އުމްރާގެ އަޅުކަމަށް ގޮސްފަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވިދާޅުވި ގޮތުގައި ޖުމްލަ ގޮތެއްގައި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް ބަލިވެ އެޑްމިޓްކޮށްފައިވާ މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން ދަނީ ކުރަމުން ކަމަށް ވިދާޅުވި އެވެ.
"އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް ޢާއިލާއާ ގުޅިގެން މިދަނީ ކުރަމުން އިންޝާ ﷲ ބަލިމީހާ މި މަހު 10 ގައި މާލެ ގެނެވޭނެ," މިނިސްޓަރު ވިދާޅުވި އެވެ.
މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެމުންގެންދާ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ބަލިވެ ރާއްޖެ ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ