އުރީދޫ ފިންޓެކް މޯލްޑިވްސް އިން އެމްފައިސާ މެދުވެރިކޮށް ތެޔޮ އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.
މި ލިމިޓެޑް ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20 ރުފިޔާގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް ލިބޭނެއެވެ.
މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އަދި ހޯކްސްގެ ތެޔޮ ވިއްކާ މަރުކަޒުތަކުން މި ހިދުމަތް ލިބޭނެއެވެ. ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޕްރޮމޯޝަނާއެކު އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާއަށް ޕެޓްރޯލް އެޅުމުން އިތުރު ލިޓަރެއްގެ އަގު ކަސްޓަމަރަށްލިބޭނެއެވެ.
މި ހަރަކާތަކީ އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި، ފިންޓެކް ހިދުމަތްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ފައިދާހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ބައިވެރިވާ ތެޔޮ ވިއްކާ މަރުކަޒުތަކުގައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން މި ހިދުމަތް ފަސޭހަކަމާއެކު ލިބޭނެއެވެ. ޓްރާންސެކްޝަން ނިމުމާއެކު، ކޭޝްބެކް ފައިސާ ސީދާ އެމް ފައިސާ ވޮލެޓަށް ޖަމާވާނެއެވެ. މިއީ ދުވަހުން ދުވަހަށް ކުރާ ހަރަދުތައް މެނޭޖްކުރުމުގައި ފަސޭހަކަމާއެކު ފައިސާ ސޭވްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އެމްފައިސާ ބޭނުންކުރަން ފަށާނެ ގޮތް
އެމްފައިސާ ބޭނުންކުރަން ފެށުމަކީ ވަރަށް ފަސޭހަ ކަމެކެވެ:
•އެޕް ޑައުންލޯޑުކުރުން ނުވަތަ އުރީދޫ މޯލްޑިވްސް އެޕް ހުޅުވުން
•ރަޖިސްޓްރީކުރުން: އެމްފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރުން
•މައުލޫމާތު ޔަގީންކުރުން:
oދިވެހިން: ސައްހަ އައިޑީ ކާޑު ހުށަހެޅުން (ދެ ފަރާތް)
oބިދޭސީން: ޕާސްޕޯޓް އަދި ސައްހަވާކް ޕާމިޓްލިޔެކިޔުން ހުށަހެޅުން
•އެމް-ޕިން ކަނޑައެޅުން: ވޮލެޓަށް ވަނުމަށް ސެކިއުރިޓީ އެމް-ޕިންއެއް ހެދުން
އުރީދޫ ފިންޓެކް މޯލްޑިވްސް އިން ޑިޖިޓަލް އިކޯސިސްޓަމް ފުޅާކުރަމުންދާއިރު، ރާއްޖޭގެ ކަސްޓަމަރުންނަށް ފަސޭހަ، ރައްކާތެރި އަދި ފައިދާހުރި މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްފައިސާ ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ހިދުމަތުގެ ފުރިހަމަ ބޭނުން ހިފައި، ކޭޝްލެސް ޕޭމަންޓްތަކުގެ ފަސޭހަކަމާއި އިތުރު ފައިދާތައް ހާސިލުކުރުމަށް ކަސްޓަމަރުންނަށް އުރީދޫއިން އިލްތިމާސްކުރެއެވެ.
އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލަށް ފައިސާ ދައްކައިގެން 20 ރުފިޔާ ވޮލެޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ