ލޯކަލް ކައުންސިލް އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމު ފުރަން ހަމައެކަނި އީފާސް ބޭނުންކުރަންޖެހޭ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން އެ މައްސަލަ އިސްތިއުނާފުކޮށް، ރަޖިސްޓްރާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލް އަދަދު އަށް ވިދާޅުވީ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ފަރާތުން ގާނޫނީ ވަކީލު އާދަމް އާސިފް ކޯޓަށް ވެއްދި އީފާސްއާ ގުޅޭ މައްސަލަ ކޯޓުން ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ދެކޭ ކަމަށެވެ.
"އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ސަބްމިޓް ކުރުމުގެ މަސައްކަތް އެބަދޭ. ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމާ، އެ ދެ ކަންތައް ކުރިއަށްދަނީ،" އޭނާ ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންނަށް ކުރިމަތިކުރުވީ ގާނޫނުގައި ނެތް ޝަރުތެއް ކަމަށާއި ކޮންމެ ކެންޑިޑޭޓެއް އަތުގައި އީފާސް އޮތުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
މީގެއިތުރުން މި މައްސަލައިގައި އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ވެސް ހައި ކޯޓުން މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނުނިންމާ އޮތީ ވެސް ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ މުއައްސަސާއަކުން ވެސް އަމަލުކުރަން ޖެހޭނީ ގާނޫނީ ހަމަތަކުގެ މަތިންކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ އަމިއްލައަށް ވަކިވަކި ޝަރުތުތައް ކަނޑަނޭޅޭނެ ކަމަށެވެ. މައްސަލަ ހުށަހެޅީ މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށާއި އެތައް ބައެއްގެ އިންތިހާބީ ހައްގު ގެއްލިފައިވާތީ ކަމަށެވެ.
އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހޯދަންޖެހޭ 50 ސޮއި، އެ ސޮއި ދޭ ފަރާތުން އަމިއްލައަށް އީ-ފާސް މެދުވެރިކޮށް ލޮގިންވެ "ވެރިފައި" ކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީއެންއެފް އިން ބުންޏެވެ.
މި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ގާނޫނީ އުސޫލުތަކުގެ އަލީގައި އެފަދަ ޝަރުތެއް ކުރުން ގާނޫނާ ހިލާފު ކަމަށް ބުނެދެވިފައި ނުވާތީ ކަމަށް ރެޖިސްޓްރާ ސޮއިކުރި ނިންމުމުގައި ބުނެފައިވެ އެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ މިފަހަރު ދެއްކީ އިލެކްޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާމެދު ނިންމި ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަނުން އެންގީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.
އިންތިހާބުގައި ކުރިމަތިލާން ދިން މުއްދަތު ކުރުވެފައި އޮންލައިންކޮށް ޕްރޮސެސް ކުރިއަށް ގެންދަން ޖެހޭތީ، އިދިކޮޅު އެމްޑީޕީން ތަކުރާރުކޮށް އިންތިހާބުގެ މުއްދަތު އިތުރުކޮށްދޭން ދިޔައީ ގޮވާލަމުންނެވެ. ނަމަވެސް އިލެކްޝަނުން ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދީފައެއް ނުވެ އެވެ.
އޭޕްރީލް 4، ގައި ބާއްވާ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
އީފާސް ބޭނުން ކުރަންޖެހޭ މައްސަލަ އިސްތިއުނާފުކޮށް ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ އީފާސް ބޭނުން ކުރަންޖެހޭ މައްސަލަ އިސްތިއުނާފުކޮށް ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ