ރަމަޟާން މަހާއި ހަ ރޯދަ ނިމެންދެން ކުނިި ނަގާ ވަގުތުތަކަށް ބަދަލުތަކެއް
މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހާއި ޝައްވާލު މަހުގެ 6 ރޯދަ ނިމެންދެން މާލެ ސަރަޙައްދުގައި ކުނި ނަގާނެ ވަގުތުތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން އާންމުކޮށްފިއެވެ.ވެމްކޯއިން ވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައިވެސް ކުނި ނަގާ ވަގުތުތަކަށް ބަދަލުގެނެސްފަ އެވެ. ވެމްކޯ އިން ބުނީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އާދިއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭގެ ގޭބީސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން 2:00 އާ ދެމެދުގައި ކަމަށެވެ. އަދި ހުޅުމާލޭގެ ގޭބީސީތަކުން ކުނި ނަގާނީ ރޭގަނޑު 21:00 އިން 2:30 އަށެވެ. މީގެ އިތުރުން ވިލިމާލޭގެ ގޭބީސީތަކުން މި މުއްދަތުގައި ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 1:00 އަށެވެ. ކުނިނަގަންފަށާ ވަގުތަށްވުރެ ލަހުން ކުނި ނެރޭ ގޭބިސީތަކަށް ހިދުމަތްދިނުމުގައި ދަތިވާނެތީ، ކުނިނަގާ ވަގުތުގެ ކުރިން ކުނިތައް ނެރުމަށް ވެމްކޯއިން އިލްތިމާސްކުރެ އެވެ.ރޯދަމަހާ ދިމާކޮށް މީގެ ކުރިންވެސް ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނެސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ