ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ދެ މީހެއްގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ޖަލުގައި މަރުވި އައްޑޫ ހިތަދޫ، ހަސަން ނިޔާޒާއި ދރ 439، އިބްރާހީމް ސުހައިލްގެ ހަށިގަނޑު ވަޅުނުލާ ބާއްވާފައި ވަނީ ތަހުގީގަށް އޮޓޮޕްސީ ހެދުމަށް ކަމަށެވެ. އެގޮތުން އެ ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީއަށް އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ނިޔާޒާއި ސުހައިލުވެސް މަރުވީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ ދެ މީހުންް މަރުވުމާއި ގުޅިގެން ވެސް އެކަން ކަރެކްްޝަނުން އާންމުކުރި އެވެ.
އެ އިދާރާއިން ބުނީ ނިޔާޒު މަރުވީ މި މަހުގެ 2 ވަނަ ދުވަހުގެ މެންދުރު ފަހު، ހުޅުމާލޭ ޖަލުގައި ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެގެން ކަމަށެވެ. މަރުވީ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަކީ އުމުރު ދުވަހަށް ޖަލަށްލާފައިވާ މީހެކެވެ. އޭނާ މަރުވީ ހުކުމްކޮށް ޖަލަށް ގެންދިޔަތާ ދެ ދުވަހެއް ތެރޭގަ އެވެ.
ސުހެއިލް މަރުވީ ނިއުމޯނިޔާ ޖެހި އޭނާގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވަނިކޮށެވެ. ކުރީން ވެސް ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދި އެވެ.
ޖަލުގައި މަރުވި ދެ މީހެއްގެ އޮޓޮޕްސީ ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ