ކުޑަކުދިންގެ ދިވެހި ވާހަކަ އެޕް، “އޯލަ” އަށް އެމް-ފައިސާ މެދުވެރިކޮށް މިހާރު ފައިސާ ދައްކާލެވޭނެ

ކުޑަކުދިންގެ ދިވެހި ވާހަކަ އެޕް – “އޯލަ” މޮބައިލް މަނީ ގެ ހިދުމަތް ފޯރުކޮށްދޭ އެމް-ފައިސާ ގުޅިގެން އޯލަ އެޕް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެމް-ފައިސާއާ އެކު ވެވުނު މި ޕާޓްނާޝިޕާއި އެކު އޯލަ އެޕް ބޭނުންކުރާ ބެލެނިވެރިންނާއި މުދައްރިސުންނަށް މިހާރު އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރި ކަމާއެކު ފަސޭހައިން ސަބްސްކްރިޕްޝަން ފީ ދައްކާލެވޭނެ ކަމަށާއި މިއީ އޯލަ އެޕްގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަން ލިބިގަނެ އެޕް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި އޯލަ އެޕުން ބުނެއެވެ.
މި ޕާޓްނަޝިޕާއި ގުޅޭގޮތުން އޯލަ މީޑީއާގެ ކްރިއޭޓިވްލީޑް، ސަމާހަތު އިބްރާހިމް ވިދާޅުވީ އޯލަ އެޕް އަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ޕޭމަންޓް މެތަޑެއްގެ ގޮތުގައި އެމް-ފައިސާ އިންޓަގްރޭޓް ކުރެވިގެން ދިއުމަކީ އޯލަ އެޕަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ އަބަދުވެސް ފެންވަރު ރަނގަޅު ދިވެހި ބަހުގެ ކޮންޓެންޓް ޒުވާން ކިޔުންތެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން. އެމް-ފައިސާއާ އެކު މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އޯލަ އެޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެން ދިއުމަކީ ޔަގީންކަމެއް.” އޭނާ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވީ ކުޑަކުދިންނާއި ޒުވާން ކިޔުންތެރިންގެ މެދުގައި ދިވެހި ބަސް ކުރިއެރުވުމަށް އޯލަ އެޕްލިކޭޝަނުން ކުރާ މަސައްކަތަކީ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހިންގެ ދިރިއުޅުން މުއްސަނދި ކުރުމަށް އުރީދޫ އިން ކުރާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ މަސައްކަތެއް ކަމަށާއި އެހެންކަމުން އެމް-ފައިސާ އިންޓަގްރޭޓްކޮށްގެން، ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޯލަގެ މުއްސަނދި ދިވެހި ކޮންޓެންޓް ލިބިގަނެ، އަޅުގަނޑުމެންގެ އެންމެ ޒުވާން ޖީލުގެ މެދުގައި ބަހަށް އޮތް ލޯބި އާލާ ކުރުމަށް އިތުރަށް މަގުފަހި ވެގެންދާކަމަށެވެ.
“ސަގާފީ އަދި ތައުލީމީ ކުރިއެރުމަށް މާނަހުރި ބަދަލެއް ގެނައުމަށް މި މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” ނިޔާޒް ވިދާޅުވިއެވެ.
އައިއޯއެސް، އެންޑްރޮއިޑް އަދި ޓެބްލެޓްތަކަށް ޑައުންލޯޑް ކުރެވޭ އޯލަ އެޕްލިކޭޝަނަކީ ތުއްތުކުދިންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އާލާ ކުރުމަށް ފަރުމާކޮށްފައިވާ އެޕެކެވެ. އޯލަ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑާއެކު، ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގައި އުޅުއްވާ ފަރާތަކަށްވެސް ވެސް މި އެޕްއަށް ފަސޭހަ ކަމާއެކު ލޮގިން ވެވެއެވެ. މީގެ އިތުރުން ބެލެނިވެރިންނަށް ވަކި ލޮގިންއެއް ހެދޭއިރު ފަސޭހަކަމާއި އެކު ރައްކާތެރި ތަޖުރިބާއެއް ކުދިންނަށް ކަށަވަރުކޮށްދެވެއެވެ.
އޯލަ އެޕް ބޭނުންކުރާ ފަރާތްތަކަށް ދެ ވާޝަނެއް ހުށަހަޅައިފާވެއެވެ. “އަޖުމަ” ވާޝަންގައި އެއްވެސް އަގަކާ ނުލައި ދިވެހި ވާހަކަތަކާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންޓެންޓް ލިބޭނެ އެވެ. ޕްރިމިއަމް ކޮންޓެންޓް ބޭނުންވާ ފަރާތްތަކަށް “ކިޔަމާ” ވާޝަންއަށް އަށް ސަބްސްކްރިބް ކުރުމުން ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓް ލިބިގެންދާނެއެވެ. ސަބްސްކްރައިބް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ކޮންމެ މަހަކު 150ރ ގެ ސަބްސްކްރިޕްޝަން ނުވަތަ މުޅި އަހަރަށް 1440ރ ގެ ސަބްސްކްރިޕްޝަން އެއް ބައްލަވާގަނެވޭނެއެވެ. މި ސަބްސްކްރިޕްޝަންއަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް މިހާރު އެމް-ފައިސާ ގެ ހިދުމަތް، އޯލަ އެޕ ބޭނުންކުރާ ފަރާތްތަކަށް ހިޔާރު ކުރެވޭނެއެވެ.
އޯލަ އެޕްލިކޭޝަނަކީ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ އެޕްލިކޭޝަނެކެވެ. އޯލަ އެޕް މެދުވެރިކޮށް އެމް-ފައިސާ ދެއްކުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށްޓަކައި، އެންމެ ފަހުގެ ވާޝަނަށް އެޕް އަޕްޑޭޓްކޮށް، ސަބްސްކްރައިބް ކުރާއިރު އެމް-ފައިސާ ޚިޔާރުކުރާށެވެ.
އޯލަ އެޕް ޑައުންލޯޑް ކުރެއްވުމަށް https://oala.app/download/ ޒިޔާރާތްކުރައްވާށެވެ.
އެމް-ފައިސާއަށް ރަޖިސްޓްރީވުމަށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ: http://ore.do/mf
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a7c9bfdae9d6bfffa51ed7134658c591" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ