ފޭސްބުކް އެކައުންޓުތައް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް އުޅޭތީ ސަމާލުވުމަށް އެދިއްޖެ!

ފޭސްބުކް އެކައުންޓުތައް
ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް ފުލުހުންގެ މުއައްސަސާއަށް ހުށައެޅިފައިވާތީ
އެކަމަށް ސަމާލުވުމަށް އެމުއައްސަސާއިން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ
ފޭސްބުކް އެކައުންޓް ޕާސްވޯޑު ރީސެޓް ކުރުމަށް
ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް
އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންގެންދާ މައްސަލަތައް އެމުއައްސަސާއަށް
ވަނީ ހުށައެޅިފައިކަމަށެވެ.
އެގޮތުން
އެފަދަ 6 މައްސަލައެއް 48 ގަޑިއިރު ތެރޭގައި ހުށައެޅިފައިވާ ކަމަށް ފުލުހުން
ބުނެފައިވެއެވެ. އަދި މިހާތަނަށް 35000 އަށް ވުރެ ގިނަ ރުފިޔާ ފޭރިފައިވާ ކަން
ތަހްޤީޤަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
Advertisement
ފުލުހުން
ބުނެފައިވަނީ މިގޮތައް އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅާ މީހުން ތިޔަ
ނަމްބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުނު މޯބައިލް ނަމްބަރެއްކަމަށް ބުނާ ކަމަށާއި،
އަދި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަންވެގެން ނަމްބަރު ދޫކޮށްލީކަމަށް
ބުނާކަމަށެވެ.  އެހެންކަމުން އޭނާގެ
ފޭސްބުކް ޕާސްވޯޑު ރީސެޓް ނުކުރެވިގެން އުޅޭކަމަށާ އަދި ޓޫފެކްޓަރ އޯތޮންޓިކޭޓަރ
ސެޓުކޮށްފައިވާނީ ތިޔަ ނަމްބަރަށް ކަމަށް ބުނާ ކަމަށާއި އަދި ފޯނަށް ލިބޭ އޯޓީޕީ
ކޯޑު ކިޔައިދިނުމަށް އެދޭ ކަމަސް ފުލުހުން ބުނެފައިވެއެވެ.
ދިވެހި
ފުލުހުންގެ ޚިދްމަތުން ބުނެފައިވަނީ ސޯޝަލް މީޑިއާގެ އެހެނިހެން
ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދާ
މައްސަލަތައްވެސް ދަނީ ހުށަހެޅެމުން ކަމަށެވެ.
މީގެ
އިތުރުން ފުލުހުން ބުނެފައިވަނީ އަމިއްލަ ނަމްބަރަށް މިގޮތަށް
އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާ އަދި ފޭސްބުކް މެސެންޖަރ
އިން ނުވަތަ މީސްމީޑިއާގެ އެހެނިހެން ވަސީލަތަކުން ވިޔަސް ފައިސާ ހޯދުމަށް ވާހަކަ
ދައްކާ މީހުންގެ ކިބައިން ސަލާމަށްވެ ރައްކާތެރިވެތިބުމަށް ފުލުހުން ވަނީ
އިލްތިމާސް ކޮށްފައެވެ. އަދި ކާކުކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް
މުއާމަލާތެއް ނުހިންގުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ