ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް ރިޓަޔާ ކުރައްވައިފި

އަށާވީސް އަހަރަށް ފަހު މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނަރު ޖެނެރަލް، އަބްދުﷲ ޝަރީފު ވަޒީފާއިން ރިޓަޔާ ކުރައްވައިފިއެވެ.
ކަސްޓަމްސް އިން ކުރި ޕޯސްޓެއްގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން ކޮމިޝަނަރު ޖެނެރަލްގެ ހައިސިއްޔަތުން ޕްރޮސީޖާތައް އޮޓޮމޭޓް ކުރުމާއި، ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމާއި، އެމްސީއެސްގައި އިންޓެގުރިޓީ ޗެމްޕިއަން ކުރުމުގައި އިސްކޮށް އުޅުއްވި ކަމަށާއި، ފުރިހަމަ ރިޓަޔަމަންޓަކަށް އެދޭ ކަމަށެވެ.
އަދި އޭނާގެ ސީޖީ ކަމުގެ ދަށުން ކަސްޓަމްސްއަށް ބޮޑު ކުރިއެރުމެއް ލބިފައިވާ ކަން ފާހަގަ ކުރެއްވިއެވެ.
ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމަށް އަބްދުﷲ ޝަރީފް އައްޔަން ކުރީ މީގެ ތިން އަހަރު ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ އަވަހާރަވުމުންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައެވެ.
އަބްދުﷲ ޝަރީފްއަކީ ކަސްޓަމްސްގެ ތެރޭގައި އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޝަރީފްއަކީ ކަސްޓަމްސްގެ ތެރެއިން ކުރި ހޯއްދަވަމުން ގޮސް ކޮމިޝަނަރާ ހަމައަށް އައި ފުރަތަމަ ކޮމިޝަނަރު ވެސްމެއެވެ. އޭގެ ކުރިން އެ މަގާމަށް މީހުން އައްޔަން ކުރަމުންދިޔައީ ސިޔާސީ ގޮތުންނެވެ.
އަބްދުﷲ ޝަރީފް މަގާމުން ރިޓަޔާ ކުރެއްވިއިރު، އެނާ ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް މި އަހަރު ވަނީ ހަނދާނީ ލިޔުމެއް ވެސް އަރުވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ