ޗައިނާގެ ލިއައޯޔެންގް ސިޓީގައި ހުރި ރެސްޓޯރެންޓެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެ އެވެ.
ޗައިނާގެ ރައީސް ޖިންޕިންގް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. އެ ހާދިސާގައި ޒަހަމްވީ ތިން މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ރެސްޓޯރެންޓުގެ ކުޑަދޮރުތަކާއި ދޮރުތަކުން ހުޅުގަނޑު ފަޅައިގެންދާ މަންޒަރު ފެނެ އެވެ.
މިހާތަނަށް ވެސް އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ޗައިނާގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި މަސައްކަތް ކުރާތީ އަލިފާނުގެ ހާދިސާތައް ހިނގުން އިތުރުވެ އެވެ.
ޗައިނާގެ ރެސްޓޯރެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެ ޗައިނާގެ ރެސްޓޯރެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ