މުޒާހަރާ ހޫނުވެއްޖެ، ދެ މީހަކު ހައްޔަރު ކޮށްފި

ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ފަށާފައިވާ މުޒާހަރާ މިރޭ ހޫނުވެ ބަޔަކު ހައްޔަރު ކޮށްފި އެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ ބަޔަކު ދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަނީ މަޖީދީމަގުން ބައެއް ބަންދުކޮށްގެނެވެ.
މިރޭ ވެސް އެ މީހުން ތިބީ މަގުމަތީ އިށީންދެ ގެންނެވެ. ބައެއް މީހުން ތިބީ ކެރަމް ކުޅޭށެވެ. އަނެއް ބަޔަކު މިއުޒިކު ކުޅޭށެވެ. އެ މީހުން ދިޔައީ އަންހެން މީހާއަށް އިންސާފު ހޯދާ ދިނުމަށް ގޮވާލަމުންނެވެ.
Advertisement
އެ މީހުން ބުނީ ކުއްލިއަކަށް ފުލުހުންގެ ޓީމެއް ވަދެ އެ މީހުން ދުރަށް ޖައްސާފައިވާ ކަމަށެވެ. އަދި ގަދަކަމުން މުޒާހަރާގެ ދެ ބައިވެރިއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅޭ ދެ މީހުން ކަމަށް ވެ އެވެ. 
މިރޭގެ މުޒާހަރާ އެގޮތަށް ރޫޅާލި ސަބަބެއް ފުލުހުން ނުބުނެ އެވެ. މީގެ ކުރީން ކޮންމެ ރެއަކު ފުލުހުން ދިޔައީ މުޒާހަރާއަށް ފުރުސަތު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ