ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް މިއަދު ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ސައުދީއަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ މަދީނާގެ ޑެޕިއުޓީ ގަވަރުނަރު އަބްދުލް މޮހްސިން ހަމީދު އެވެ.
މި ދަތުރުގައި ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސަޢޫދީގައި ތިއްބަވާނީ، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގަ އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންގެ އިތުރުންދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސްގެ ދެކަނބަލުން މިއަދު ހައްޖަށް ފުރާވަޑައިގެންނެވި އިރު، ރާއްޖެ އަށް މި އަހަރު ލިބުނު 1،000 ހައްޖު ކޯޓާގައި ހައްޖުގެ އަޅުކަން އަދާކުރާ އެންމެން މިހާރު ތިބީ ސައުދީގަ އެވެ. ހައްޖާޖީން ފުރީ ހަތަރު ދުވަސް މަތިންނެވެ. އެއީ މިޔަ ހޯމަ އާއި އަންގާރަ އަދި ބުރާސްފައްޗާއި ހުކުރު ދުވަހު އެވެ.
ރައީސްގެ ދެކަނބަލުން ސައުދީއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ