މައްކާ ރޫޓްގައި ރަސްމީކޮށް ރާއްޖެ ހިމަނާ ސަޢުދީން އެކަން އިއުލާނު ކޮށްފި

ހައްޖަށްދާއިރު ލުއިތައް ލިބޭ، މައްކާ ރޫޓުގައި ދިވެހިރާއްޖެ ހިމަނާ އެކަން ސައުދީ ސަރުކާރުން ރަސްމީކޮށް އާންމުކޮށްފި އެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން ވަަނީ އެކަން އިއުލާނުކޮށް ޕޯސްޓެއް ކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓްގައި ވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ގައި އަށް ވަނަ ގައުމެއްގެ ގޮތުން ރާއްޖެ ހިމަނާފައިވާ ކަން ހާމަކޮށްފަ އެވެ.
މި ލިސްޓްގައި ދެން ހިމެނޭ ގައުމުތަކަކީ އާބާދީ ބޮޑު, ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ހައްޖަށް ދާ ގައުމުތަކެވެ. ހައްޖަށްދާއިރު ލުއިތައް ލިބޭ، މައްކާ ރޫޓުގައި ހިމަނާފައިވާ ގައުމުތަކުން ކޮންމެ އަހަރަކު މަދުވެގެން 20,000 ވުރެ މީހުން ހައްޖަށް ދެ އެވެ.
ރާއްޖެއަށް އެ ފުރުސަތު ސައުދީ ސަރުކާރުން ދިނީ އެ ފުރުސަތު ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކަކުން އިސްތިސްނާ ކުރުމަށް ފަހު ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުންނެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭގޮތަށް ކަންކަން އިންތިޒާމް ވެގެން ދިއުމެވެ. އެގޮތުން ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. 
އެކަންކަން ކުރުމަށް މި އަހަރު ސައުދީގެ ބޮޑު ޓީމެއް ރާއްޖެ އައެވެ. މި ފަހަރު ދިވެހި ހުރިހާ ހައްޖުވެރީންނަށް އެ ފަސޭހަ ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ