އަތޮޮޅުތަކުން މާލެ އަންނަ ފެރީތަކަށް ހެންވޭރު ފެރީ ޓާމިނަލް މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ހެންވޭރު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލް އަތޮޅު ފެރީތަކަށް ހުޅުވާލަން ނިންމާ އެކަން އިއުލާނު ކުރީ ލޯންޗުތައް ލަފާ ފުރާ ޖެޓީތަކަށް ބާރު ބޮޑުވެ، މާލެ އަންނަ ލޯންޗު ފެރީތަކުން ދަތުރުކުރާ ފަސިންޖަރުންނަށް އަރާ ފޭބުމަށް ދަތިވާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.
ތަފްސީލް - އެމްޓީސީސީ ފެރީ ޓާމިނަލްތައް އަތޮޅު ފެރީތަކަށް ހުޅުވާލަން ނިންމާ އެ އެ ތަންތަން ބޭނުން ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުމުން ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެއީ:
ބ. އަތޮޅާއި އދ. އަތޮޅު އަދި ކ. އަތޮޅުގެ ލޯންޗު ފެރީގެ ހިދުމަތް ދޭ ކުންފުނިތައް
އެމްޓީސީސީން ލަފާކޮށްފައިވަނީ ހެންވޭރު ފެރީ ޓާމިނަލުން ދުވާލަކު 15 ލޯންޗު ފެރީއަށް ހިދުމަތް ދެވޭނެ ކަމަށެވެ. އެގޮތުން:
އެއީ ގާތްގަނޑަކަށް 2،000 ފަސިންޖަރުން
ހެންވޭރު ފެރީ ޓާމިނަލަށް އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ
ހުޅުމާލެ ފެރީ ޓާމިނަލުން އެއްފަހަރާ 3 ލޯންޗަށް ޖާގަ ހާއްސަކޮށްފައިވޭ
މިހާތަނަށް ހުޅުމާލޭ ޓާމިނަލް ބޭނުން ކުރަން އެއްވެސް ފަރާތަކުން އެދިފައެއް ނުވޭ
ކޮންމެ އުޅަނދަކަށް ވެސް ޓާމިނަލުގައި ބަނދަރުކޮށްގެން އޮންނަ 30 މިނެޓު ލިބޭނެ
ޓާމިނަލް ތެރޭ ދަތުރުވެރިންނަށް މަޑުކޮށްގެން ތިބެވޭނެ އަދި ފާހާނާ އާއި ބޯފެނުގެ ހިދުމަތް ވެސް ލިބެން ހުންނާނެ
އަތޮޅު ފެރީތަކަށް ހެންވޭރު ޓާމިނަލް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ