ޢާއިޝަތު ރަފާޙް ޢަލީ
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގަ މުޅި އިސްލާމްދީނަށް ބެލިނަމަވެސް މައިގަނދަކީ ރިވެތި އަޚްލާޤެވެ. ރިވެތި އަޚްލާޤީ ސިފަތައް ނެތް މީހަކަށް ދީނަކަށް ޢަމަލެއް ނުކުރެވޭނެއެވެ. އުފާވެރި ދިރިއުޅުމެއްވެސް ނުލިބޭނެއެވެ.
އަޚްލާގަކީ އިންސާނާގެ ތަބީޢަތް ނުވަތަ ނުވަތަ އެމީހެއްގެ އުޅުން ބައްޓަންކުރާ ގޮތެވެ. އަހަރެމެންގެ މާތް ނަބިއްޔާ މުހައްމަދު ސައްލަ ﷲ ޢަލައިހި ވަސައްލަމަ އަކީ އެންމެ އަޚްލާގު ރަނގަޅު ސާހިބާއެވެ. :
{وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ}[ القلم:4].ولما سُئِلَتْ عائِشةُ أُمَّ الْمُؤْمِنِينَ عَنْ خُلُقِه قالَتْ: ‹‹ كان خُلُقُه القُرآنَ ›› [2]
އަދި ޢާއިޝަތުގެފާނުގެ އަރިހުގައި ރަސޫލާ ﷺ ގެ އަޚްލާގާއި ބެހޭގޮތުން ސުވާލުކުރެވުމުން ވިދާޅުވީ އެކަލޭގެފާނުގެ އަޚްލާގަކީ ގުރުއާން ކަމަށެވެ. ވީމާ އިސްލާމީ އަޚްލާގަކީ އިންސާނުންނަށް ވަރަށް މުހިއްމު އަސާސެވެ.
ތިރީގައި މި ބަޔާން ކޮށްލަނީ އިސްލާމީ އަޚްލާގު ނެތްނަމަ ދިމާވެދާނެ ބައެއް މައްސަލަތަކެވެ.:
• ދޮގުހެދުމާއި މަކަރު ހެދުން ގިނަވެގެންދާނެ
• ވައްކަމާއި ފޭރުން ގިނަވާނެ
• ﷲ ޙަރާމެ ކުރެއްވާފައިވާ ފާޙިޝް ޢަމަލްތައް ތަކުރާރުވެގެންދާނެ
• މުޖުތަމަޢު ފަސާދަވެގެން ދާނެ
• އިތުބާރު ގެއްލިގެންދާނެ
އަދި ކީއްހެއްޔެވެ؟ އެންމެ އުފަލުގައި ދިރިއުޅެވެނީވެސް އަޚްލާޤް ރަނގަޅު ދެމަފިރިންނަށެވެ. އެންމެ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރެވެނީވެސް އަޚްލާޤް ރަނގަޅު މައިންބަފައިންނަށެވެ.
އަޚްލާޤް ރަނގަޅުކުރުމަށް މަސައްކަތްކުރަންޖެހޭ އެންމެ މުހިންމު އެއްސަބަބަކީ ތަޤްވާވެރިކަމާއި ރިވެތި އަޚްލާޤަކީ އެންމެ ފަސޭހައިން ސުވަރުގެ ވަދެވި ސުވަރުގޭގެ އެންމެ މަތީދަރަޖަތައް ލިބިގެންދާ ސިފަކަމުގައިވާތީއެވެ. އެންމެ ގިނަ ބައަކަށް ސުވަރުގޭގެ މަތީ ދަރަޖަތައް ލިބިގެންދާނީ ރިވެތި އަޚްލާޤުން ކަމުގައިވާތީއެވެ!
Hadith: Piety and good manners admits people to Paradise mostly
------------
✦ Rasool-Allah Sallallahu Alaihi Wasallam was asked: What most admits people to Paradise? He said: Piety and good manners. And he was asked: What most leads people to Hell? He said The two hollow ones: The mouth and the private part.
Sunan Ibn Maja, Book 37, 4387 Sahih
އެންމެ އުފަލުގަ އުޅެވެނީވެސް އެންމެ ރަނގަޅު ގޮތުގަ ދަރިން ތަރުބިއްޔަތު ކުރެވެނީވެސް އެންމެ އަޚްލާޤް ރަނގަޅު ދެމަފިރިންނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ