މި މަހު 24 ގައި ފުޓްބޯޅަ ސީޒަން ފަށަން ކަލަންޑަރު ބަދަލުކޮށްފި މި މަހު 24 ގައި ފުޓްބޯޅަ ސީޒަން ފަށަން ކަލަންޑަރު ބަދަލުކޮށްފި

މި މަހުގެ 14 ވަނަ ދުވަހު ފަށަން މީގެ ކުރިން ހަމަޖައްސާފައި އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން މި މަހުގެ 24 އަށް ބަދަލުކޮށް، އާ ސީޒަން ކަލަންޑަރު، ކްލަބްތަކަށް އެފްއޭއެމް އިން ފޮނުވައިފި އެވެ.
ކްލަބްތަކުގެ ހިޔާލު ހޯދުމަށް އެންމެ ފުރަތަަމަ ފޮނުވި ޑްރާފްޓް ކަލަންޑަރުގައި ހިމަނާފައި އޮތީ ޖެނުއަރީ މަހު 24 ގައި ސީޒަން ފެށުމަށެވެ. އެކަމަކު، ކްލަބްތަކުގެ ހިޔާލު ހޯދުމަށް ފަހު، ނިންމީ މި މަހުގެ 14 ވަނަ ދުވަހުގެރޭ ފުޓްބޯޅަ ސީޒަން ފެށުމަށެވެ.
އެކަމަކު، ޓީމުތަކުގެ ހާލަތު ބަދަލުނުވާތީއާ އެކު، ކްލަބްތަކާ އެކު، އެފްއޭއެމް އިން ބަދަލުކޮށް، މިހާރު ނިންމާފައި އޮތީ މި މަހުގެ 24 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށާ ގޮތަށެވެ. އަދި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް މި މަހު 26 ވަނަ ދުވަހު ފެށުމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ނުކުޅޭތާ ވަނީ އަހަރެއް ވެފަ އެވެ. ރާއްޖޭގައި ރަސްމީ ފުޓްބޯޅަ ނުކުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މި ވަގުތު ޕްރީ ސީޒަން ޕްރެކްޓިސް ކުރަމުން އަންނަ ހަމައެކަނި ކްލަބަކީ، އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.
ފުޓްބޯޅަ ސީޒަން ފެށުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ކްލަބްތަކުގެ މާލީ ހާލަތެވެ. ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތައް މި ވަގުތު އޮތީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ ސަބަބުން، ކްލަބް ލައިސަންސިން ކަންކަން ފުރިހަމަ ނުވެ އެވެ. އެނގިފައިވާ ގޮތުގައި، އެފްއޭއެމް އިން އަންނަނީ ފީފާ އާއި ސަރުކާރާ އެކު މަޝްވަރާތަކެއްކޮށް މި ކަމަށް މި ވަގުތު ގެނެވޭނެ ހައްލުތަކަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގަމުން އަންނަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން މިދިޔަ އޮގަސްޓް މަހު، އައްޔަނުކުރި ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުންނެެވެ. މިއީ، ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އެފްއޭއެމް ނޯމަލައިޒްކުރި ތިން ވަނަ ފަހަރެވެ.
(ފެބްރުއަރީ 24) ސީޒަން ހުޅުވާ މެޗު
(ފެބްރުއަރީ 13) 19 އަހަރުން ދަށުގެ މުބާރާތް
(ފެބްރުއަރީ 26) ޕްރެޒިޑެންޓްސް ކަޕް
(އޭޕްރީލް 7) ދިވެހި ޕްރިމިއާ ލީގު
(މެއި 31) ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް
(ޖުލައި 12) އެފްއޭ ކަޕް
(ޖުލައި 18) ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ