ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޭންކިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހިންގާ ސްކޮލަޝިޕް ފަންޑަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މިއަހަރުގެ ސްކޮލަޝޮޕް ފަންޑަށް ކުރިމަތިލެވޭނީ، ބީއެމްއެލްއިން ބުނި ގޮތުގައި، އޭ-ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 10ގެ ނިޔަލަށް އޮންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ތަފްސީލް - ތިން ސްކޮލާޝިޕް ދޭ މި ފަންޑުގެ ދަށުން:
ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަން ޝައުގުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން މި ދާއިރާއިރާއިން ބޭނުންވާ ކޮންމެ އަންޑަގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލަޝިޕެއް
ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އަދި ދަތުރުފަތުރުގެ ހަރަދު ބޭންކުން ހަމަޖައްސައިދޭނެ
ބުނީ ކީކޭ؟ - "މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލަޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރޭ. ޒުވާން ދިވެހިންނަށް ދުނިޔޭގެ ފެންވަރު ރަނގަޅު މަތީ ތައުލީމު ހޯދުމަށް އެހީތެރިވެދިނުމުން އަޅުގަނޑުމެން މި އިންވެސްޓްކުރަނީ ދިވެހިރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް ސްކޮލަޝިޕް ފަންޑް 2022ގައި ތައާރަފްކުރުމަށް ފަހު މިހާތަނަށް 9 ދަރިވަރަށް ސްކޮލާޝިޕް ފޯރުކޮށްދީފައިވެ އެވެ. މި ދަރިވަރުން އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުން އަންނަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގަ އެވެ.
ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ