ކުދި އާބާދީތައް ބާކީވި ޒަމާން ރައީސް ޞާލިހު ވެރިކަމަށް އައި ހިސާބުން މާޒީވެއްޖެ: އަހުމަދު އަބްދުالله

ރާއްޖޭގެ ކުދި އާބާދީތައް ބާކީވެ އެކަހެރިވި ޒަމާން 2018 ވަނަ އަހަރު ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމަށް ހުވާކުރެއްވި ހިސާބުން މާޒީވެއްޖެކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަޙުމަދު އަބްދުالله ވިދާޅުވެއްޖެ އެވެ. 
އޭނާ އެފަދައިން ވިދާޅުވެފައިވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 
އެ ޖަލްސާގައި ވާހަކަދައްކަވަން ފައްޓަވަމުން މެމްބަރު އަހުމަދު އަބްދުالله ވިދާޅުވީ ގުރައިދޫ އަކީ މުސްތަގުބަލު އޮތް ރަށެއް ކަމަށެވެ. އެހެން ނަމަވެސް އާބާދީ ކުޑަވުމުގެ ސަބަބުން ސަރުކާރުތަކުން އެ ރަަށަށް އަޅާނުލާ އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީގެ ކެންޑިޑޭޓާއެކު ކުރިއަށް ދިއުމަށް ރައްޔިތުން ތައްޔާރުވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. 
Advertisement
އެއާއެކު އަހުމަދު އަބްދުالله ވިދާޅުވީ ރައީސް ޞާލިހަކީ އާބާދީއަށް ބެއްލެވުމެއްނެތި ރަށްތައް ތަރައްޤީކުރައްވަމުން ގެންދަވާ ހަމައެކަނި ރައީސް ކަމަށެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވި ހިސާބުން ކުދި ރަށްތައް ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 
"ހެޔޮވެރިކަން ދަމަހައްޓާ ހެޔޮވެރިކަމުގެ ބައިވެރިން އިތުރުކުރަން ޖެހޭ. މިރާއްޖޭގެ ރައްޔިތުންނަށް މިއަދު މާ ސާފު. އަޅުގަނޑުމެން މި ރާއްޖޭގައި ކުދި ކުދި އާބާދީ އެއްފަރާތްކޮށް އެކަހެރިކޮށް އެއީ އަސާސީ ޚިދުމަތުން މަހުރޫމުވެފައި ތިބި ބައެއްގެ ގޮތުގައި ބޭއްވި ޒަމާން 2018 ވަނަ އަހަރުގެ ރައީސުލްޖުމްޙޫރިއްޔާ ހުވާކުރެއްވުމާއެކު މާޒީވެގެން ހިނގައްޖެ"
ބާރަށު ދާއިރާގެ މެމްބަރު އަޙުމަދު އަބްދުالله
އަހުމަދު އަބްދުالله އިތުރަށް ވިދާޅުވީ މިހާރު ކުރެވެމުން މިދަނީ ހެޔޮ ވެރިކަމެއްކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ. 
އެހެންކަމުން މި ވެރިކަމަށް ވާގިދޭ ގިނަ ބަޔަކު އައްޔަންކުރުމަކީ މުޙިންމު ކަމެއްކަމަށާއި، ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްދިނުމަށް އޭނާ ވަނީ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ