ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ސަރުކާރުގައި ދިން އަނިޔާ އަކަށް އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ފެށި ޖޭޕީގެ ގައުމީ ކޮންފަރެންސް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ގާސިމް ވަނީ 2018ވަނަ އަހަރު އެޕާޓީގެ ގައުމީ ކޮންފަރެންސް ބޭއްވީ ސިޔާސީ ގޮތުން ގައުމު ވަރަށް ހަލަބޮލި ދުވަސްވަރެއްގައިކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން ގާސިމް ވެސް ހިމެނިވަޑައިގަންނަވާހެން ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނަށް ދައުވާކޮށް އެދުވަސްވަރު ޖަލަށްލި ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އެދުވަހު އެ އަނިޔާ ދިން އެއްވެސް ބޭފުޅަކާއި މެދު ހިތްބުރަ ކަމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.
“މިބާވަތުގެ [ސިޔާސީ ކަންކަން] ކަންކަމުގައި އުޅޭއިރު މި ސިޔާސީ މަސްރަހުގައި ދިމާވާނެ އެކި ކޮޅިގަނޑުތަކާ. އެއީކީއެއް އަޅުގަނޑުމެން އެކަކު އަނެކަކަށް ހިތް ބޮޑު ކޮށްގެން ހަސަދަލައިގެން ފަހަތުން ދުވެ، ނުނެއްޓިގެން އުޅެންޖެހޭ ސަބަބެއް ނޫން. އަޅުގަނޑުގެ ހިތް ހަމަ ގައިމުވެސް ވަރަށް އިހުލާސްތެރިކަމާއެކު ހަލާސް ކުރަން،” ތިންވަނަ އަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވިއެވެ.
އޭރު ލިބިވަޑައިގެންނެވި ސިޔާސީ އަނިޔާތަކުގެ ހަނދާން އައު ކުރައްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނަށް ހުކުމް ކުރެއްވީ ވެސް ހޮސްޕިޓަލުގައި އެޑްމިޓު ކުރައްވާފައި ވަނިކޮށް ޣައިރު ހާޒިރުގައި ކަމަށެވެ. އަދި އޭގެފަހުން ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގެން އުޅުއްވަން ޖެހުނީ ވެސް ދަތި ހާލެއްގައި ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ކަންކަމަށް ނިކުމެވަޑައިގެންނެވިއިރު ކޮޅިގަނޑުތަކާއި ކުރިމަތިލާން ޖެހޭނެކަން އެނގިވަޑައިގެންނެވި ކަމަށާއި ނަމަވެސް އަޒުމަކަށްވީ ދިވެހި ރައްޔިތުންނަށް އުފާފާގަތިކަން ހޯދައި ދިނުން ކަމަށް ގާސިމް ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
ޔާމީން ދިން އެއްވެސް އަނިޔާއަކަށް ހިތްބުރަ ކަމެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ