އިންޑިއާ އައުޓް ބެނާ ދެމުން ޕީޕީއެމް/ޕީއެންސީން ކުށްވެރި ކޮށްފި

އިދިކޮޅު ދެ ޕާޓީން ބުނީ އިންޑިއާ އައުޓް ޓީޝަޓް ލައިގެން ތިބި ބަޔަކު ވަދެ، އިންޑިއާ އައުޓް ބެނާ އެއް ދަމަން ކުރި މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އިދިކޮޅުން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ ޖަލްސާގެ ތެރޭގައި "އިންޑިއާ އައުޓް" ބެނާއެއް ދަމައި "އިންޑިއާ އައުޓް" ޓީޝާޓް ލީ ބަޔަކު ހަރަކާތްތެރިވި މައްސަލަ އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކުށްވެރި ކޮށްފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފެށި "އިންޑިއާ އައުޓް" ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފައްޓަވައި ފުޅާ ކުރައްވާފައި ވަނިކޮށް ސަރުކާރުން އެޅި ހުރަސްތަކާއެކު މިހާރު ހުއްޓާލާފައިވާ ހަރަކާތެކެވެ.އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގެ ފަރާތުން އިންތިޒާމު ކޮށްގެން ރޭ ކާނިވަލްގައި ކުރިއަށް ގެންދިޔަ "ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު" ބިޔަ ބޮޑު ޖަލްސާގެ ތެރެއަށް އިންޑިއާ އައުޓް ޓީޝަޓް ލައިގެން ތިބި ބަޔަކު ވަދެ، އިންޑިއާ އައުޓް ބެނާ އެއް ދަމަން ކުރި މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.އިންޑިއާއައުޓް ބެނާ އާއިއެކު ޖަލްސާގެ ތެރެއަށް ބަޔަކު ފޮނުވާ ޖަލްސާގެ މިސްރާބު ބައްދަލުކޮށްލުމުގެ ފިނޑި އަދި ނާތަހުޒީބު އަމަލު ހިންގުމުގެ އަޑީގައި ތިބީ ސަރުކާރުގެ ވެރިން ކަމަށާ އެކަން ކޮށްފައިވަނީ ސަރުކާރުން ފަންޑު ކޮށްގެން ފޮނުވި ބައެއް ކަމަށްވެސް ބުންޏެވެ."ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެފަދަ ކަމެއް ހިނގައިފިނަމަ، ސުލްހަވެރިކަމާއެކު އެކަން ކުރާ ބަޔަކު ޖަލްސާއިން ނެރުމަށްޓަކައި ކުރަން ޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ތައްޔާރަށެވެ. އަދި އިތުރު ހަމަނުޖެހުމަކަށް ފުރުސަތު ނުދީ އެބަޔަކު ޖަލްސާއިން ވާނީ ނެރެފައެވެ،"އެ ޕާޓީން ބުނީ މިފަދަ ފިނޑި ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފެދިފައިވާ އިއްތިހާދު ރޫޅާލެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އިއްތިހާދުން ފަށާފައިވާ މަސައްކަތް ކާމިޔާބުކޮށް ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ބައި ހޯދުމުގައި ކުރާން ޖެހެނު ހުރިހާ މަސައްކަތްތެއް ކުރުމުގައި އެ ކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިރުޝާދާއެކު ޕީޕީއެމް ޕީއެންސީ އޮންނާނެ ކަމަށެވެ.އިދިކޮޅުން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ ޖަލްސާގެ ތެރޭގައި "އިންޑިއާ އައުޓް" ބެނާ ދަމާފައިވަނީ ސަރުކާރުން ކަމަށް އިއްތިހާދުގެ ހުރިހާ ޕާޓީތަކުންވެސް ވަނީ ބުނެފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ