އޭޕްރީލްމަހުން ފެށިގެން ކަރަންޓް ބިލުގައި ވެމްކޯ ބިލު ހިމަނަން ނިންމައިފި!

އޭޕްރީލްމަހުން ފެށިގެން ކަރަންޓް ބިލުގައި ވެމްކޯ ބިލު ހިމަނަން ނިންމައިފިއެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން މިގޮތަށް ނިންމާފައި މިވަނީ މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ގަވާއިދުން ދައްކަމުން ނުދާތީކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތަށް ހަމަޖެއްސިޔަސް، ކުނި ނެގުމުގެ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކުނި ނެގުމަށް ވެމްކޯގައި ގޭބީސީތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ގެތަކުން އުކާލާ ބޮޑެތި ކުނިތައް ނެގުން މީގެ ތެރެއަކު ނުހިމެނޭ ކަމަށް ވެސް  އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވެމްކޯ އާއި އިކޮނޮމިކް ކައުންސިލްގެ މަޝްވަރާތަކަށް ފަހު ވެމްކޯގެ ހިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމަށް ކުނިނެގުމުގެ ހިދުމަތަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެންވަޔަރުމެންތް މިނިސްޓްރީން ބުނެފައިވެއެވެ.
މާލެ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީއަކުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ