ދަރަމްޝާލާ، އިންޑިއާ (މެއި 18) - މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފްެރެންޗައިސް ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ގަދަ ހަތަރެއް ވާދަކުރާ ޕްލޭއޮފް ބުރުގެ ފުަރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ހޯދައިފި އެވެ.
ބެންގަލޫރުން މި ޖާގަ ހޯދީ އިއްޔެ ޕަންޖާބް ކިންގްސް އަތުން 23 ލަނޑުން މޮޅުވެގެންނެވެ.
މި ނަތީޖާއާ އެކު، އައިޕީއެލްގެ އެއް ވަަނައިގައި ބެންގަލޫރު އޮތީ 13 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އިން ވަނީ 13 މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަަނައިގައި އޮތީ 12 މެޗުން 14 ޕޮއިންޓާ އެކު، ސަންރައިޒާސް ހައިދަރުއާބާދު އެވެ. އަދި، ހަތަރެއްގައި އޮތް ޕަންޖާބަށް ވަނީ 13 މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.
ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޕަންޖާބުން ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރު ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވިއިރު، 222 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 40 ބޯޅައިން 73 ލަނޑު ހެދި ވެންްކަޓޭޝް އަަޔަރު އެވެ. ވިރާތު ކޯލީ ނުބައިވީ 37 ބޯޅައިން 58 ލަނޑު ހެދިފަހުންނެވެ. މި އިނިންސްގައި ޕަންޖާބުގެ ހަރްޕްރީތު ބްރާރް ވަނީ ހަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ޕަންޖާބަށް 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވިއިރު ހެދުނީ 199 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކި އަރްޝްދީޕް ސިންގް ވަނީ 27 ބޯޅައިން 56 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި، ބެންގަލޫރުގެ ރަސިކް ދަރު ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް އަދި ބުވްނޭޝްވަރު ކުމާރު (ބޫވީ) ވަނީ ހަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ.
އައިޕީއެލްގައި މިއަދު އޮތީ ސަންރައިޒާސް ހައިދަރުއާބާދާއި ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) ކުޅޭ މެެޗެވެ. ޕްލޭއޮފްގެ ޖާގަ ހޯދަން، ޗެންނާއި އާއި ހައިދަރުއާބާދަށް ވެސް މި މެޗުގެ މުހިންމުކަން ބޮޑެވެ.
އަައިޕީއެލް ޕްލޭއޮފުން ޖާގަ ހޯދި ފުރަތަމަ ޓީމަކީ ބެންގަލޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ