އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޝަމްއާނަށް އިއްވި ޖުމްލަ 25 އަހަރުގެ ހުކުމުގެ ތަފްސީލަށް ބަލާއިރު، މަނީ ލޯންޑްރިންގެ މައްސަލައިގައި 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި 8 އަހަރު، އަދި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައި 2 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި 9 މަހާއި 10 ދުވަސް މި ހުކުމުގެ މުއްދަތުން އުނިކުރެވޭނެއެވެ.
ޖަލު ހުކުމުގެ އިތުރުން، ޝަމްއާން ވަނީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ބިދޭސީއެއްގެ އަތުން ފޭރިގަތް ފަސް ލައްކަ ރުފިޔާ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ މީހާއަށް އަނބުރާ ދެއްކުމަށްވެސް ކޯޓު ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.
ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ