ލިޔުންތެރިންގެ ދުވަހާއި ގުޅުވައިގެން ބުކްރައިޓާސް އެސޯސިއޭޝަނުން 14 ފޮތެއް ލޯންޗްކޮށްފި އަންހެނުންނަށް ޚާއްސަކޮށްގެން ކުދި ވިޔަފާރި ފުޅާކުރަން ދަސްކޮށްދޭ ތަމްރީނެއް ބާއްވަނީ މުދާ އަދި ކާބޯތަކެތި ވިއްކާ ތަންތަނުން 24 ގަޑިއިރު ޑެލިވަރީ ހިދުމަތް ދެވޭނެ އެސްޑ

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ޚާއްޞަކޮށްގެން ” ވުނަ- ޔާރު ” ގެ ނަމުގައި ފޮތެއް ނެރެފިއެވެ.
މިފޮތް ނެރެފައިވަނީ މިއަހަރުގެ ލިޔުންތެރިންގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ބުކްރަައިޓާސް އެސޯސިއޭޝަނުން 14 ފޮތް ލޯންޗުކުރުމަށް ބޭއްވި ޙަފްލާގައެވެ. މި ފޮތް ލިޔުއްވާފައިވަނީ ވިޔަފާރިއާއި، ތަމްރީނު ދިނުމުގެ އިތުރުން އިޖުތިމާޢީ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަރާތެއް ކަމަށްވާ ސ. ހިތަދޫ ނޮވްމްބަރގެ އާމިނަތު ޢަލީއެވެ.
އަތްމަތީ ފޮތެއްގެ ސިފައިގައި ތައްޔާރުކޮށްފައިވާ މި ފޮތަކީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށާއި މިހާރު ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ޢަމަލީ އިރުޝާދުތަކެއް ހިމެނޭ މަގުދައްކާ ފޮތެކެވެ.
ފޮތުގެ މުސައްނިފް ޢާމިނަތު ވިދާޅުވީ ވިޔަފާރިވެރިކަމަކީ ހަމައެކަނި ޚިޔާލަކުން ފުދޭ ކަމެއް ނޫން ކަމާއި، އެއީ ކެތްތެރިކަމާއެކު ދަސްކުރަންޖެހޭ ދިގު ދަތުރެއްކަން މި ފޮތުން ހަނދާންކޮށްދޭނެ ކަމަށެވެ. އަދި ފޮތުގައި ހިމެނޭ ރޭވުންތެރިކަމާއި، މާކެޓިން އަދި މާލީ ކަންކަމާ ގުޅޭ ލަފާތަކަކީ ވިޔަފާރީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް ވެސް އާމިނަތު ވިދާޅުވިއެވެ.
“ކާމިޔާބީގެ ފެށުމަކީ ފުރިހަމަވުމަށް މަޑުނުކޮށް، ކެރުމާއެކު މަސައްކަތް ފެށުން” ފޮތުގައި އާމިނަތު ލިޔުއްވާފައިވެއެވެ.
މި ފޮތުގެ ފެށުމަކީ އާމިނަތު ޢަލީގެ އިސްނެގުމެއް ކަމަށްވާ “ވުނަ-ޔާރު”ގެ ނަމުގައި ފެށުނު ޕްރޮޖެޖްޓެއްގެ ތެރެއިން ތައްޔާރުކުރެވުނު އަތްމަތީ ފޮތެވެ. “ވުނަ-ޔާރު” ޕްރޮޖެކްޓަކީ އަންހެނުން، އަންހެނުންނަށް ވިޔަފާރީގެ ހުނަރުތަކާއި، ބޭނުންވާނެ އިރުޝާދާއި، މާކެޓްގެ ފުރުޞަތުތައް ފަހިކޮށްދީގެން، އެފަރާތްތަކުގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން ފެށުނު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އެކި ރަށްރަށުގައި ތަމްރީން ޕްރޮގްރާމުތަކާއި މެންޓަރޝިޕް ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއީ ވިޔަފާރިއެއް ބިނާކޮށް ކުރިއެރުވުމުގެ ހުރިހާ މަރުހަލާއެއްގައި ވިޔަފާރިވެރިންނަށް އަމަލީ ގޮތުން ބޭނުންކުރެވޭނެ ފަދަ މަގުދައްކައިދޭ ވަސީލަތެއް ތައްޔާރުކުރުމުގެ ބޭނުމުގައި ތައްޔާރުކުރެވިފައިވާ ފޮތެކެވެ. ވިޔަފާރީގެ ދާއިރާ ދެނެގަތުމާއި، ފުރުސަތުތައް ހޯދުމާއި، ވިޔަފާރި ރޭވުމާއި، މާކެޓްކުރުމާއި، މުދާ ވިއްކުމާއި، މާލީ ކަންކަން ބެލެހެއްޓުމާއި، އިސްނެގުމާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މި އަތްމަތީ ފޮތަކީ، ޚިޔާލުތައް އަމަލީ ސިފައަކަށް ބަދަލުކުރުމަށް އެހީތެރިވެދޭނެ ފޮތެކެވެ.
ހަލިޢަލީ ކޯޗިންގ އެންޗް ކޮންސަލްޓެންސީ އަދި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ “ވުނަ-ޔާރު” އިސްނެގުމުގެ ބާނީގެ ގޮތުން، އާމިނަތު ކުރައްވާ އެންމެ މުހިންމު އެއް މަސައްކަތަކީ، އަންހެނުންނާއި ޒުވާނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމާއި، ހިންގުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރެއްވުމެވެ .
އާމިނަތު ޢަލީގެ ޚިދުމަތްތަކާއި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، “ވޯލްޑް ވުމަން އެވޯޑް ފޮރ ލީޑަރޝިޕް” އާއި “ވުމަން އޮފް ސަބްސްޓެންސް އެވޯޑް” ފަދަ ޝަރަފުވެރި ޤައުމީ އަދި ބައިނަލްއަޤްވާމީ އެވޯޑްތަކެއް ވަނީ ލިބިލައްވަވާފައެވެ. އާމިނަތު ޤަބޫލުކުރައްވާ ގޮތުގައި ވިޔަފާރީގެ އަސްލު ބޭނުމަކީ ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫނެވެ. އެއީ އައު ފުރުޞަތުތައް ތަނަވަސްކޮށްދީ، މީހުން ބިނާކުރުމުގެ ޒަރީޢާއިން އުޖާލާ މުސްތަޤްބަލެއް ބައްޓަންކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ