ނަޝީދު ޖަލަށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމަވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވަން އެމަނިކުފާނު ނިންމަވައިފިކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނޭ އަލްއުސްތާޛާ ހިސާން ހުސެއިން ވިދާޅުވީ "ރައީސް ނަޝީދަކީ ގޮތްދޫ ނުކުރައްވާނެ ބޭފުޅެއް ނޫން. ކުރިން އެމަނިކުފާނު ބޭނުން ފުޅުވީ ސިޔާސީ ހައްލެއް. ނަމަވެސް ރައީސް ޔާމީންގެ ގޮތްދޫ ނުކުރެއްވުމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ރައީސް ނަޝީދު މިހާރު ނިންމަވާފައިވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވަން" ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް އިސްތިއުނާފު ކުރަން ޖެހޭނީ ޤާނޫނީ އިޖުރާއަތުތައް އޮންނަ ގޮތުން ހައި ކޯޓުގައި ކަމަށް ވީނަމަވެސް އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމި ނިންމުމާއި ބެހޭ ގޮތުން ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އިބްރާހިމް ރިއްފަތު ވިދާޅުވީ އެގޮތައް ނިންމި މައިގަނޑު މައިގަނޑު ސަބަބުތަކަކީ މިހާރު ހައިކޯޓުގައި ރައީސް ނަޝީދުގެ މައްސަލަ ބެލުމަށް މުސްތަގިއްލު ބެންޗެއް ކަނޑައެޅެން ނެތުން ކަމަށެވެ. އެއީ ކްރިމިނަލް ކޯޓުގައި އެމައްސަލައިގާ ބައިވެރިވެފައިވާ ފަނޑިޔާރުން ރައީސް ނަޝީދާ ދެކޮޅަށް ހެކިބަސް ދެއްވާފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް މަހްފޫޒް ސައީދު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައި ވަނީ ރަނގަޅު ދައުވާއެއް ނޫން ކަމަށެވެ. "އެދައުވާއަކީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް މީހަކު ހިފާ ހައްޔަރުކުރުން. އެކަމަކު އެގޮތައް ހައްޔަރުކުރާ ކޮންމެ ފަހަރަކު ޓެރަރިޒަމްގެ ކުށަކަށް ނުވާނެ. އަޅުގަނޑުމެން އެބައެދެން އާ ޤާނޫނުލް އުޤޫބާތައް ޢަމަލު ކުރަން. އޭރުން އަންނާނީ އެއްއަހަރުގެ ޙުކުމެއް" މަހްފޫޒް ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ސާބިތު ޓެރަރިޒަމްގެ ކުށެއް ނޫން ކަމަށާއި އެހެންކަމުން އާޤާނޫނުލް އުޤޫބާތާ އެއްގޮތައް ޓެރަރިޒަމްގެ ކުށެއްތޯ ނޫންތޯ ސުޕްރީމް ކޯޓުން ނިންމަވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު މިގޮތައް ނިންމެވީ ވަރަށް ބޮޑަށް ވަރަށް ގިނަ ދުވަސްވަންދެން ވިސްނަވާފައި ކަމަށެވެ. ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް ސުޕްރީމް ކޯޓުން ނިންމަވާނެ ކަމަށެވެ.
މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވަން ނިންމެވުމަކީ ކުށަކަށް އިއުތިރާފް ވަނީކީ ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ