ދަތުރު ކުރެވޭ ވަރަށް ގާސިމް އިބްރާހިމްގެ ސިއްހީ ހާލަތު ރަނގަޅު ވާނީ ޑިސެމްބަރ މަހު ކަމަށް ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެއްޖެއެވެ.
ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ސޮއިކުރައްވައި ގާސިމަށް ދެއްވި ލިޔުމުގައި ވިދާޅުވީ ގާސިމް އަށް ތިން މަސް ދުވަަސް ވަންދެން ސިންގަޕޫރުގައި ފަރުވާދޭން ޖެހޭ ކަމަށެވެ.
ގާސިމް އަށް ތިން މަސް ވަންދެން ސިންގަޕޫރުން ފަރުވާ ދޭން ޖެހޭ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ކަރެކްޝަނަލް ސާވިސް އިން ސިންގަޕޫރަށް ދިއުމަށް ގާސިމް އަށް ދިނީ 10 ދުވަހެވެ.
ގާސިމް ބެއްލެވި ޑޮކްޓަރު ވިދާޅުވެފައި ވަނީ ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށާއި ގާސިމް އަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށެވެ.
ގާސިމްގެ ހިތުގެ ޓެސްޓުތަކެއް އަންނަ ހުކުރު ދުވަހު މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފެށުމަށް ވަނީ ނިންމާފައެވެ.
މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އަންނަ ހުކުރު ދުވަހު ގާސިމް އެޑްމިޓް ކުރަނީ "ކޮރޯނަރީ އެންޖިއޯގްރާމް އެންޑް ކޮރޯނަރީ އެންޖިއޮޕްލާސްޓީ" ހެދުމަށެވެ. ހިތުގެ ސާޖަރީ ފެށުމުގެ ކުރިން ދުވަސްކޮޅަކަށް ހޮސްޕިޓަލްގައި ގާސިމް އެޑްމިޓް ކުރާނެ ކަމަށް ޑޮކްޓަރުގެ ލިޔުމުގައިވެ އެވެ.
ގާސިމް މިދިޔަ ބުދަ ދުވަހުގެ ރޭ ސިންގަޕޫރަށް ފުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށެވެ.
ގާސިމް އަށް ރާއްޖެ އާދެވޭނީ ޑިސެމްބަރު މަހު – ޑޮކްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ