ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް "ދިވެހިން ރޮހިންޖާ މުސްލިމުންނާއެކު" މިނަމުގައި ރާއްޖެ ޓީވީން މިހިންގި ޓެލެތޯނުން މުޅި ދުނިޔެއަށް މިދިން މެސެޖަކީ ދިވެހިން މިތިބީ ރޮހިންޖާ މުސްލިމުންނަށް ދިމާވެފައިވާ މައްސަލައިގާ ކުޅިބަލަން ނޫންކަމަށް ރާއްޖެ ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އަހުމަދު ސަލީމް މިހެން ވިދާޅުވީ ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 5.16 މިލިއަން ރުފިޔާ ދިވެހި ރެޑްކްރެސެންޓާ ޙަވާލު ކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްޞަ ޙަފްލާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ސަލީމް ވިދާޅުވީ ވަރަށް ދަތިހާލުގައި ވަރަށް ނިކަމެތި ގޮތެއްގައި އުޅެމުންދިޔަ ބައެއްގެ ހާލަތު ފެންނަމުންދިޔަ ދަނޑިވަޅެއްގައި އެމީހުންނަށް ބޭނުންވާ ޒަރޫރީ ކަންތައްތަކެއް ފުރިހަމަ ކުރުމަށް ގާތްގަނޑަކަށް 30 ގަޑިއިރުގެ ތެރޭގައި 5.16 މިލިއަން ރުފިޔާ ލިބިގެން ދިޔަ ދިއުމަކީ ދިވެހިންގެ ހިތުގައި މުސްލިމުންނާ ދޭތެރޭގައި އޮތް އޯގާތެރިކަމާއި ރަހުމާއި ހަމްދަރުދީ ކިތައްމެ ރަނގަޅަކަށްވެސް ފެނިގެން ދިޔަ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ނިސްބަތުން ބަލާއިރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހޯދުނު ފައިސާއަކީ އެހާލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެވިގެންދާނެ ކަމަކަށް ވެގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ރާއްޖެ ޓީވީގެ އެމްޑީ ވިދާޅުވީ މިއެހީ ފޯރުކޮށްދެވޭނީ ކަނޑައެޅިފައިވާ ވަކި ދާއިރާތަކަކަށް ކަމަށާއި ވީއެންމެ އަވަހަކަށް މިފައިސާ ރައްދުކުރުމަކީ ރާއްޖެ ޓީވީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ދިވެހި ރެޑްކްރެސެންތާ ފައިސާ ޙަވާލުކުރީވެސް އެބޭނުމުގައިކަމަށް ސަލީމް ވިދާޅުވިއެވެ.
"މިހާރުގެ ރެފިއުޖީންގެ އަދަދކީ 370000. އެހެން ކަމަށްވާނަމަ މިއީ ކޮންމެ ރެފިއުޖީއަކަށް 13000 އެއްހާ ދިވެހި ރުފިޔާ. ޑޮލަރުން ބަލައިފިއްޔާ ބޮލަކަށް 900 އެއްހާ ޑޮލަރު ޖެހޭ. މިވަނީ މިއެހީ ބޭނުން ކުރަން ވަކި ދާއިރާތަކެއް ކަނޑައަޅާފައި. ފެނާ ފާޚާނާގެ ކަންތައްތަކާއި ކާބޯތަކެއްޗާ ބޭސްފަރުވާ ކަމަށް އަޅުގަނޑުމެން މިވަނީ ކަނޑައަޅާފައި. ވަރަށް ބޮޑަށް ބޭނުންވޭ ވަރަށް އަވަހަށް މިއެހީ ޙައްޤުވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް.ރާއްޖެ ޓީވީން މެދުވެރިވެގެން މިފަންޑު އެއްކުރިއެއް ކަމަކު މިފައިސާ ހަވާލު ކުރާނީ ދިވެހި ރައްޔިތުންގެ ނަމުގައި. މިއެހީއާއެކީގައި އަޅުގަނޑު ޤަބޫލްކުރާނީ ދިވެހިން ދުނިޔެއަށްދިން މެސެޖެއްގެ ގޮތުގައި. އެއީ އަޅުގަނޑުމެން މިތިބީ ހަމަ ކުޅިބަލަން އިށީނދެ މަޑުން ތިބޭ ގޮތަކަށް ނޫނޭ. އަޅުގަނޑުމެންނަށް ވެވުނު ކޮންމެކަމެއް ސުލްހަވެރިކަމާއެކު މިތިބީ ކޮށްދޭށޭ. އެހީގެ ގޮތުންވިއަސް އެންމެ ފުރަތަމަ އެހީވާ ޤައުމެއްގެ ގޮތުގައި ދިވެހިން ހިމެނިގެން ދިއުމަކީ އަޅުގަނޑަށް ހީވަނީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްހެން. އެއުފަލުގައި އަޅުގަނޑުމެންނަށްވެސް ކޮންމެވެސް ދައުރެއް އަދާކުރެވުނީތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި އަޅުގަނޑުމެން މިތިބީ" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރާއްޖެޓީވީން މިއިސްނެގި މަސައްކަތުގައި ރައްޔިތުން ފައިސާގެ އެހީ ދފައިވަނީ ވަރަށް ލޯބިން ކަމަށާއި އޭގެ ތެރޭގައި ކުޑަކުޑަ ކުދިން ތެމިގެންނާއި ހިނގާ އުޅެން ދަތި ފަރާތްތައް ޓެކްސީތަކުގައި އަދި ރަށްރަށުގައި ތިއްބެވި ފަރާތްތައ ސިޓީއާއެކުވެސް ފައިސާ ފޮނުވައިދީފައިވާކަން ފާހަގަ ކުރެއްވިއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ރާއްޖެ ޓީވީގެ ޓެލެތޯނުން މުޅި ދުނިޔެއަށް މިދިން މެސެޖަކީ ދިވެހިން މިތިބޭ ކުޅިބަލަން ނޫންކަން:އަހުމަދު ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ