މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓުން އަމުރުކޮށްފިއެވެ. ދާދި ދެންމެއަކު އެ ކޯޓުން ނެރުނު އަމުރުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް ބުނެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ ބަޔަށް އަމަލުކުރުން މަޑު ޖައްސާލަން އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުން މަޖިލީހަށް އަމުރު ކުރާ ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ކޮށްފައި މިވަނީ، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެގޮތަށް އެ ކޯޓުގައި އެދިވަޑައިގެންފައި ވާތީ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުން، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް ނިންމީ، ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި ރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީއަށާއި އެ ބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި، އެ މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށްފަހު އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެންނެވެ. އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ