ހުކުރު މިސްކިތް ހުންނަ ސަރަހައްދުގައި ކެފޭއެއް އެޅުމަކީ ދީނީގޮތުންނާއި ތާރީހީގޮތުން ހެޔޮވާނެކަމެއް ނޫންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ހުކުރު މިސްކިތް ހުންނަ ސަރަހައްދު ތަރައްޤީކޮށް އެ ތަނުގައި ކެފޭއެއް އެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ހުކުރު މިސްކިތް ހުންނަ ސަރަހައްދަކީ އަގުހުރި ދީނީ އަދި އާސާރީ ތަރިކަތަކެއް ކަމަށެވެ. އަދި އެފަދަ ތަންތަން ސަލާމަތް ކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.
Hukuru miskithuge sarahadhdhugai cafe eh ekhumakee dheenee gothunnai thaareekhee gothun heyovaane kameh noon. 1/2
Efadha sarahadhdhu thakakee aguhuri dheenee adhi aasaaree tharikaeh. Efadha thanthan salaamaiy kurumakee qawmee waajibeh. 2/2
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްޤީ ކުރުމަށް ނިންމައި ސަރުކާރުން ކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުން މާލޭގެ 114 ނަމްބަރު ކޮށި، ހުކުރު މިސްކިތް ސަރަހައްދު ތަރައްޤީކޮށް ހިންގުމަށް އެގްރިމެންޓް ކުރުމަށް ހަމަޖެހިފައި ވަނީ 20 އަހަރުގެ މުއްދަތަށެވެ. އަދި އެ ސަރަހައްދު ކުއްޔަށް ދޫކުރާއިރު ސަރަހައްދުގައި ކެފޭއެއް ހުންނަން ޖެހޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި އިއުލާންގައި ބުނެފައިވާ ގޮތުން ހުކުރު މިސްކިތް ހިމެނޭ ކޮށި ލޭންޑްސްކޭޕް ކުރަން ޖެހޭނީ ހައުސިން މިނިސްޓްރީންދޭ ކޮންސެޕްޓަކާއި އެއްގޮތަށެވެ.
އިއުލާންގައި އިތުރަށް ބުނެފައިވާގޮތުން ލޭންޑްސްކޭޕިން މަސައްކަތް ކުރިއަށް ގެންދާއިރު ސަރަހައްދުގައި ހިމެނޭ ތާރީޙީ / އާޘާރީ އެއްވެސްބިނާއަކަށް ގެއްލުމެއް ނުލިބޭނެ ގޮތްތައް ބަލަންޖެހެއެވެ.
ހުކުރު މިސްކިތަކީ ރާއްޖޭގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލު ކަމެއް ދެވޭ އެންމެ ބޮޑު އާސާރީ މިސްކިތެވެ. ހުކުރު މިސްކިތަކީ، ރޭނުމަށް ބޭނުންކުރާ އުވަ ފަދަ އެއްވެސް އެއްޗެއް ބޭނުން ނުކޮށް، މުޅިން ހިރިގަލުން އިމާރާތްކޮށްފައިވާ ތަނެކެވެ. އިމާރާތުގެ ބޭރާއި އެތެރޭގެ ފާރުތަކުގައި ދިވެހި-އިސްލާމީ ފަންނުވެރިކަން ރަމްޒުކޮށްދޭ ކުރެހުންތައް ކަނޑާނަގާފައިވެ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ހުކުރު މިސްކިތް ހުންނަ ސަރަހައްދުގައި ކެފޭއެއް އެޅުމަކީ ދީނީގޮތުން ހެޔޮވާނެކަމެއް ނޫން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ