މައުމޫނު އާ ލީޑާޝިޕަށް ޖާގަ ދޭންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޝައިނީ ވިދާޅުވެއްޖެއެވެ. ޝައިނީ މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ. އަދި އިތުރަށް އެމަނިކުފާނު ވިދާޅިވީ 30 އަހަރަކީ ފުދޭވަރެއް ކަމަށާއި ރައީސް ޔާމީން އެންމެ 3 އަހަރުން މިހާތަނަށް ރާއްޖެ ދެކެފައިނުވާފަދަ ބޮޑެތި ތަރައްޤީ ގެނެސް ދެއްވައިފި ކަމަށެވެ.
30 years is enough. HEP Yameen hve brought unprecedented development in jst under 3 years. Give space for new leadership @maumoonagayoom
— Mohamed Shainee (@mshainee) June 30, 2016
ޝައިނީ މިހެން ޓުވީޓު ކުރެއްވި އިރު މިރޭ ރައީސް މައުމޫނު ވަނީ ސަރުކާރަށް ނުސީދާގޮތެއްގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި 2018 އަށް ވެސް ކެންޑިޑޭޓަކު ނެރޭނެ ވާހަކަ އިއުލާނު ކުރެއްވިއެވެ. ރައީސް މައުމޫނުގެ ވާހަކަ އައި ގުޅިގެން އެމްޑީޕީ މީހުން ވަރަށް ބޮޑަށް އުފާ ކުރާކަން ފާހަގަކުރެވެއެވެ. ބައެއްގެ ތެރޭގައި ފިތުނަ ފަސާދަ އާންމުވާނަމަ މުނާފިގުން އަބަދުވެސް އުފާ ކުރާ ފަދައިންނެވެ.
ރައީސް މައުމޫނުގެ ވާހަކަ ކޮންމެގޮތަކަށް ހުރިކަމުގައި ވިޔަސް ދިވެހި ގިނަ ރައްޔިތުން އަދިވެސް ތިބީ ރައީސް ޔާމިނުގެ ފަހަތުގައެވެ. ރައްޔިތުން ތިބީ ތަރައްޤީއަށް އެދިއެދި އެވެ. ވަކި ޕާރޓީއެއް ވަކި މީހެއް ރައްޔިތުންނަކަށް މުހިންމެއް ނޫނެވެ.
އާ ލީޑަރޝިޕަށް މައުމޫނު ޖާގަ ދޭން ޖެހޭ -ޝައިނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ