އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމްގައި ހުންނެވި މުހައްމަދު ޖަމްޝީދުގެ މަޤާމް ދަށްކޮށްފައި ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒަށް މައުލޫމާތު ހިއްސާކުރިކަމުގެ ތުހުމަތުގައިކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.
ކުރިން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމު ވެސް އަދާކުރެއްވި ޖަމްޝީދުގެ މަގާމަށް ފުރަތަމަ ގެނައީ އެއް ދަރަޖައިގެ ދަށްވުމެކެވެ. އެގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވަނިކޮށް، ޖަމްޝީދް ބަދަލު ކޮށްފައިވަނީ ޗީފް ސުޕްރިޑެންޓެންޓެއްގެ މަޤާމަށެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާގޮތުގައި ޖަމްޝީދުގެ މަޤާމް ފުރަތަމަ ފަހަރަށް ދަށްކޮށްފައިވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ ގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒަށް މައުލޫމާތު ލީކްކުރިކަމުގެ ތުހުމަތުގަ އެވެ.
ފުރަތަމަ ފަހަރަށް މަޤާމް ދަށްކުރުމަށް ފަހު ދެ ވަނަ ފަހަރަކަށް ވެސް ޖަމްޝީދްގެ މަޤާމް ދަށްކޮށްފައިވެއެވެ. ޖަމްޝީދްގެ މަޤާމް ދެ ވަނަ ފަހަރަށް ދަށްކޮށްފައިވަނީ ސުޕްރިންޓެންޑެންޓެއްގެ މަޤާމަށެވެ. ރާއްޖެއެމްވީއަށް އެނގިފައިވާގޮތުގައި ދެ ވަނަ ފަހަރަށް ޖަމްޝީދުގެ މަޤާމް ދަށްކޮށްފައިވަނީ އަންހެން ފުލުހަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގަ އެވެ.
ފުލުހުންގެ މަގާމުތަކުގެ ތަރުތީބު އޮންނަ ގޮތުން އޭސީޕީއާއި ޖެހިގެން ދަށަށް ދެން ތިބޭނީ ޗީފް ސުޕްރިންޓެންޑެންޓުންނެވެ. ސުޕްރިންޓެންޑެންޓުންނަކީ ޗީފް ސުޕްރިންޓެންޑެންޓުންގެ ދަށަށް އޮންނަ މަގާމެކެވެ.
ޖަމްޝީދުއާ މެދު މި ފިޔަވަޅުތައް އަޅަން ނިންމީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. އެހެން ނަމަވެސް، ޖަމްޝީދުގެ މަގާމު ދަށްކުރުން ލަސްވެގެންދިޔައީ، މަގާމު ދަށްކުރުމަށް ފުލުހުން ފޮނުވި ލިޔުމުގައި ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ސޮއި ނުކުރައްވައި ގިނަ ދުވަސް ވުމުންނެވެ. ހޯމް މިނިސްޓަރު ސޮއި ނުކުރައްވަނީސް ފުލުހުންގެ މަތީ މަގާމުތަކަށް ބަދަލުނުގެނެވެއެވެ.
ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި "އެއްޗެއް" ގޮވިއިރު، ޖަމްޝީދު ހުންނެވީ ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގަ އެވެ. އެހެން ނަމަވެސް، އެ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެ މަގާމުން ޖަމްޝީދު ދުރުކުރި އެވެ.
ޖަމްޝީދުއާ މެދު ފިޔަވަޅު އެޅިއިރު، ފުލުހުންގެ އިތުރު ދެ އެސިސްޓެންޓް ކޮމިޝަނަރަކާ މެދުވެސް ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަނީ ވަކިކޮށްފަ އެވެ. އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްއާ މެދު ފިޔަވަޅު އަޅައި، ޗީފް ސުޕްރިންޓެންޑެންޓެއްގެ މަގާމަށް ވަނީ ދަށްކޮށްފަ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އޭސީޕީ ޖަމްޝީދުގެ މަޤާމް ދަށްކުރީ އަބްދުﷲ ރިޔާޒަށް މައުލޫމާތު ލީކްކޮށްގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ