އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒުގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އުފުލީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުލުހުން އޭނާ ހިފަހެއްޓުމަށްފަހު އޭނާގެ ތަހުގީގުގައި ކޯޓު އަމުރެއްގެ ދަށުން ފޯން ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ އެވެ.
ރިޔާޒު ހަތަރު މަހަށް ޖަލަށް ލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފައި މިވަނީ ދައުލަތުން އުފުލި ދައުވާ ރިޔާޒުގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ކަނޑައެޅުމުން ރިޔާޒަށް ވީހާވެސް ކުޑަ އަދަބެއް ދިނުމަށާއި އޭނާ ގޭބަންދަށް ބަދަލުކޮށް ދިނުމަށް ރިޔާޒުގެ ވަކީލު ހައިކޯޓުގައި އެދިފައި ވަނިކޮށެެވެ.
ރިޔާޒު ހަތަރު މަހަށް ޖަލަށް ލުމަށް މިއަދު ހުކުމް ކުރި ނަމަވެސް ރިޔާޒުގެ މެންބަރުކަން ގެއްލިގެން ނުދާނެ އެވެ. އެކަމަކު އެ ހުކުމުގެ މުއްދަތުގައި އޭނާއަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމުގެ ފުރުސަތު ގެއްލިގެންދާނެ އެވެ.
ރިޔާޒު މިހާރުވެސް ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފަ އެވެ. އަދި ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ފުލުހުން ވަނީ ރިޔާޒުގެ މައްޗަށް ކޮށްފަ އެވެ. އެކަމަކު ރިޔާޒުގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ