ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ އާއިލީ ބޭފުޅުންގެ ރިޝްވަތުގެ މައްސަލައެއް ބަލަނީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު ފްލެޓް ބައްލަވައިގަތުމަށް މުއާމަލާތް ކުރެއްވި ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން މުއައްސަސާއަށް ހުށަހެޅިފައިވާ މައްސަަލައަކާއި ގުޅިގެން ހޯދުނު ހޯދުންތަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދައި ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު މާލޭގައި އިމާރާތްކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމަންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓް ބައްލަވައިގަތުމަށްޓަކައި މުއާމަލާތް ކުރެއްވި ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިކަމުގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ނަމަވެސް ފަނޑިޔާރު އަލީ ހަމީދައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އާއިލީ ދެ ބޭފުޅަކު ކުރެއްވި ކަމަށް ބުނާ މިމުއާމަލާތާ ދެެ ފަނޑިޔާރުންނާ ގުޅުވާ ފުލުހުން ބަޔާނެއް ނެރުނު އެއްވެސް ސަބަބެއް މިބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ. އަދި މިމުއާމަލާތް ކުރުމުގައި ހުރި ގާނޫނީ އެއްވެސް މައްސަލައެއްވެސް މިބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ.
މިބަޔާނުގައި ވަނީ މާލޭގައި އިމާރާތްކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމަންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ކުރައްވާފައިވާ މުއާމަލާތްތަކުގެ ކިތާބީ ހެކި ހިމެނޭގޮތުން ރިޝްވަތުގެ މުއާމަލާތްތަކުގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ.
ފަނޑިޔާރު އަލީ ހަމީދަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޝްވަތު ދެއްވި ކަމަށް ބުނެ އެމައްސަލަ ބެލުމަށް ވެރިކަން ކުރާ ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ