ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ ތިން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެނެސްފިއެވެ.
ނާޒިމްގެ މައްޗަށް އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ތިން ދައުވާ އަނބުރާ ގެނައުމަށް އެދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އެ މައްސަލަތައް އަނބުރާ ގެންދިޔައީ އިތުރަށް ދިރާސާ ކުރުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ވެސް މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް ޝަރީއަތަށް ސާބިތުވުމުންނެވެ.
އެ ނާޒިމް ނަމީރާ އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރި އިރު ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން އެ ބިޑް ކާމިޔާބުކޮށްފައިވާ މައްސަލައެވެ.
އަހުމަދު ނާޒިމްގެ ތިން މައްސަލައެއް ޕީޖީއިން އަނބުރާ ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ