ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލަނީ

ދިވެހިރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މާދަމާއިން ފެށިގެން ވެކްސިން ޖެހުމަށް އޮންލައިންކޮށް ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ. އަދި ފުރަތަމަ އިސްކަންދޭނީ ސިއްހީ ޚިދުމަތްތެރިންނާއި އިޖްތިމާއީ މަސައްކަތްތެރިންނަށްކަމަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖެއަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށްޓަކައި ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯރ ކުންފުންޏާއި އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ވެކްސިން ޖެހުމަށް ރަޖިސްޓަރވާން ޖެހެނީ ޚާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.
-ތަފްސީލް އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ