ހުޅުމާލޭގައި ދިރިއުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯއްދެއްވުމަށް އެދާއިރާއަށް ވާދަކުރައްވާ ހުސެއިން ސަގީފު ދޮރުން ދޮރަށް ވަޑައިގެންފިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ ސަގީފު ވަނީ އިއްޔެ ހުޅުމާލޭގައި އުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުން ދިރިއުޅޭ ގޭގެއަސް ޒިޔާރަތްކޮށް ގިނަ ބަޔަކާ ބައްދަލުކުރައްވައިފައެވެ.
އަދި ވައިކަރަދޫ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އެކަންކަމަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހިޔާލު ބައްދަލު ކޮށްފައިވެއެވެ.
”ތިލަދުންމަތި ފިކުރު“ ގެ ސްލޯގަންގައި ކެމްޕޭން ކުރައްވަމުން ގެންދަވާ ސަގީފު އިއްޔެ ހުޅުމާލޭގައި އުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ”ފިކުރު ކޮފީ“ގެ ނަމުގައި މިފަހުން ވަނީ ދާއިރާގައި ހިމެނޭ ކުރިނބީ އަދި ނެއްލައިދޫގެ ހިންގުންތެރި ޒުވާނުންނާ ވެސް ބައްދަލުކޮށް އެމީހުންގެ ހިޔާލާ މަޝްވަރާ ވެސް ހޯއްދަވައިފައެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް ސަގީފާއެކު ތިން ބޭފުޅުން ވާދަކުރައްވައެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުސެއިން ޒިޔާދު (ފިއްޓޭ) އާއި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ޝަރީފެވެ.
ސަގީފުގެ ކެނޑިޑޭޓް ނަންބަރަކީ 2 އެކެވެ.
ސަގީފު، ހުޅުމާލޭގައި ދިރިއުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ ގާތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ