މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ، ކުރިޔަށް އޮތް ހަފުތާވެސް މޫސުން ގޯސް: މެޓް

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިޔަށް އޮތް ހަފުތާގައިވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެމުން މެޓްގެ އޮފިޝަލަކު ބުނީ ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިފައިވާ ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. މެޓުން ބުނީ ކުރިޔަށް އޮތް ހަފުތާ އަކީވެސް ވިއްސާރަ ހަފްތާއެއް ކަމަށާއި ދޭތެރެ ދޭތެރެއިން މޫސުން ގޯސްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން ވަނީ މިއަދު ހެނދުނު 11:15 ން ހަވީރު 04:00 ދެމެދު މޫސުން ގޯސް ވާނެކަމަށް ލަފާކުރެވޭތީ ރ. އަތޮޅުންފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ އެ ސަރަހައްދުގެ އަތޮޅުތަކުގައި މޫސުން ގޯސް ކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ